![]() |
ޤައިރަވާން ގައި ވާ އުޤްބާ ބިން ނައިފް މިސްކިތުގެ މަތީގައި މުސްލިމް އަޚަކު ތައިޙީދުގެ ދިދައެއް ހިފައިގެން |
އަހަރެމެންގެ ބަނޑުތައް ބޮޑު ވެ ގައިގައި ޗަކަ މަސްތައް ޖަހައިފިއެވެ. ކަންނެތް ކަމުން ހަމަ ހަޤީޤަތުގައިވެސް ގައިގައި ފުޅަ އަޅައިފިއެވެ. މުދާ އެއްކުރުމުގައާއި ވިޔަފާރިކުރުމުގައި މުޅި އުމުރު ހުސްކޮށްލައިފިއެވެ. ދުނިޔެ އަށް ބޫތު ކާނެ އެންމެ ބޮޑަކަށް ކައިފިއެވެ.
އަހަރުމެން މީ
މުސްލިމުން ހެއްޔެވެ. އަހަރުމެން ގެ
ވާޖިބު ތައް އަދާ ކުރެވިއްޖެހެއްޔެވެ. ﷲ ގެ ދީނަށްޓަކައި އަދި ﷲ ގެ ނަންފުޅު މަތިވެރިކުރުމަށްޓަކައި އެއްވެސް ޚިދުމަތެއް ކޮށްދެވިއްޖެ ހެއްޔެވެ.
ޤިޔާމަތް ދުވަހުން އަހަރުމެން ގެ ދުނިޔޭގެ ހަޔާތާއި ބެހޭ ގޮތުން ސުވާލު ކުރެވުނީމަ ދޭނެ ޖަވާބެއް އެބަ އޮތްހެއްޔެވެ. ނޫނީ ދެވޭނެ ހަމައެކަނި ޖަވާބަކީ "ކާލާއިގެން ބޯލައިގެން ހިތް އުފާކޮށްލައިގެން އުޅުނީ" ، މިއީ ހެއްޔެވެ.
ޤިޔާމަތް ދުވަހުން އަހަރުމެން ގެ ދުނިޔޭގެ ހަޔާތާއި ބެހޭ ގޮތުން ސުވާލު ކުރެވުނީމަ ދޭނެ ޖަވާބެއް އެބަ އޮތްހެއްޔެވެ. ނޫނީ ދެވޭނެ ހަމައެކަނި ޖަވާބަކީ "ކާލާއިގެން ބޯލައިގެން ހިތް އުފާކޮށްލައިގެން އުޅުނީ" ، މިއީ ހެއްޔެވެ.
އާއެކެވެ.
އަހަރުމެންނަށް މިވަނީ ފަރުވާ ކުޑަ ކުރެވިފައެވެ.
ﷲ ގެ ދީނަށް ނަސްރު ދީ ހައްޤާއިގެން ތެދުވެ
ޖިހާދު ކުރާނޭ މީހުން ބޭނުންވާ މިދަނޑިވަޅުގައި އަހަރުމެން މިތިބީ ޣާފިލު ކަމުގެ
ނިދިން ނިދައިފައެވެ.
އާއެކެވެ. ﷲ
ގެ ދީނަށް ޓަކައި ޖާނާއި މާލު ހޭދަ ކުރި
ބޭކަލުން ވަރަށް ގިނައެވެ. އިސްލާމީ ތާރީޚް ލިޔެވިފައިވަނީ އެފަދަ ބޭކަލުން ގެ ލެއިންނެވެ.
އެއީ އެބައިމީހުން މިދުނިޔޭ ގެ ވަގުތީ އުފާ
ދޫކޮށްލިކަމަށް ޓަކައެވެ. ﷲ ގެ ނަންފުޅު މަތިވެރިކޮށް އެކަލާނގެ ޝަރީއަތް ޤާއިމު ކުރަން ޖިހާދު ކުރި
ކަމަށްޓަކައެވެ. ހަށިގަނޑުގައި
ވިންދު ހުރިހާ ހިނދަކު ކުއްފާރުންނަށް ދޫނުދިނުމުގެ ސަބަބުންނެވެ.
އެވާހަކަ ތައް
އަަޑު އިވުމުން އަހަރުމެން ގެ ކަންނެތްކަމާއި ޣާފިލުކަން އިހުސާސު ވާނެއެވެ.
އުޤްބާ ބިން
ނައިފް ، ﷲ ގެ މަގުގައި ޖިހާދު ކުރަމުން ، އެފްރިކާ ގެ އުތުރު ގެ ރަށް ތައް ފަތަޙަ
ކުރަމުން ކުރަމުން ގޮސް މަޣުރިބު ކަރަ ފަތަޙަ ކޮށް އެންމެ ފަހުން އެފްރިކާ ނިމޭ
ކަނޑާއި ހަމައަށް ދިޔުމުން ކަނޑު ގެ އައްސޭރިފަށަށް އައިސް ވިދާޅުވީ ކީކޭތޯ އެވެ.
ވިދާޅުވީ "ޔާ ﷲ، މިއޮށް ބޮޑު ކަނޑު
މި އަޅާ އަށް ހުރަސް ނޭޅި ނަމަ އަދިވެސް މި އަޅާ އިބަރަސްކަލާނގެ ނަންފުޅު
މަތިވެރި ކުރުމަށްޓަކައި ރަށް ތައް ފަތަހަ ކުރަމުން ކުރަމުން ދިޔައީމުސް އެވެ". ނަތީޖާ އަކަށް ވީ ކިހިނެއްތޯއެވެ. ޖަނަވާރު އެއްޗެހި ވެސް އުޤްބާ ބިން ނައިފް އަށް ކިޔަމަންތެރި
ވީއެވެ. އެއީ އުޤްބާ
ބިން ނައިފް ޤައިރަވާން ގައިވާ ބިޔަ ޖަންގައްޔެއްގައި
މުސްލިމުންގެ ކޭމްޕެއް ހައްދަވަން ބޭނުންވި ވަގުތުގައެވެ. އެވަގުތު އުޤްބާ
ގޮވާލެއްވިއެވެ. " އޭ މި ޖަންގަލީ ގައި ދިރިއުޅޭ ހަރުފަތަކާ އެވެ. ބޮޑެތި ޖަނަވާރު
ތަކާއެވެ. އަހަރުމެންނީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ލަޝްކަރެވެ. ކަލޭމެން
މިތަން ދޫކޮށް ދާށެވެ. މިއަށް ފަހު ފެންނަ ކޮންމެ އެއްްޗެެއް އަހަރުމެން މަރާނަމެވެ."
އެވަގުތު ޖަނަވާރުތައް އޭއްޗެހީގެ ދަރީންކޮޅު ގޮވައިގެން ޖަންގަލި ދޫކޮށް ދިޔަ
ވާހަކަ މިއީ އިސްލާމީ ތާރީޚު ގައި ލިޔެވިފައިވާ ހަޤީޤީ ވާހަކައެކެވެ.
ތާރިޤް އިބުން ޒިޔާދް ސްޕެއިން އަށް ހަނގުރާމައަށް އައިސް މުސްލިމުން ގޮވައިގެން އައި ނަވުތަކުގައި ރޯކޮށްލީ ﷲ ގެ ދީނަށް ނަސްރު ދިނުމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.
އަދި އެ ނަވުތަކުގައި ރޯކޮށްލުމަށްފަހު
މުސްލިމުންގެ ލަޝްކަރާ މުޚާތަބުކޮށް ވިދާޅުވިއެވެ " ފަހަތުގައި އޮތީ ކަނޑެވެ. ކުރިމަތީގައި އޮތީ ދުޝްމަނުންނެވެ. ތިޔަބައިމީހުން ދާން އޮތީ ކޮންތަނަކަށް ހެއްޔެވެ.
ކެތްތެރިކަމާއި ޘާބިތުކަން ފިޔަވާ ދެވަނަ
ކަމެއް ތިޔަބައިމީހުންނަކަށް މިއަދަކު ނެތެވެ". ނަތީޖާ އަކަށް ވީ ކިހިނެއް ތޯއެވެ. އެދިޔަ ގޮތަށް ގޮސް މުޅި ސްޕެއިން ފަތަހަ ކުރުމެވެ.
ޚާލިދު ބުނި
ވަލީދު ވިދާޅުވެފައިވެއެވެ. ފިނި ގަދަ ރެއެއްގައި ދުޝްމަނުންނަށް ފާރަ ލުމަށް ޓަކައި ހޭލާ ހުރުން އެއީ
ރީތި ލޯބިވާ އަންހެނަކާއި ކައިވެނި ކުރުމަށް ވުރެ އަދި ދަރިއެއް ލިބުމަށް ވުރެ
އަހަރެންނަށް މާ އުފާވެރި ކަމެކެވެ. މިއީ ޚާލިދު ބުނި ވަލީދު ، ﷲ ގެ ދީނަށް ޚިދުމަތްކޮށްދީ ޖިހާދު ކުރުމަށް ޝައުޤު ވެރިކަން
ހުރިވަރެވެ. ނަތީޖާ އަކަށް
ވީ ކިހިނެއްހެެއްޔެވެ. އެއޮތް
ވަރުގަދަ ރޯމަން އެމްޕަޔަރ ޚާލިދު ބުނި ވަލީދު ކުރިމަތީ އަމާން ދިނުމެވެ.
އަދި ދުވަހަކުވެސް ހަނގުރާމައެއްގައި ބަލި
ނުކުރެވުނު މިލިޓަރީ ކޮމާންޑަރެެއްގެ ގޮތުގައި ތާރީޚު ގައި ލިޔެވިގެންދިޔައީއެވެ.
ޤާދިސިއްޔާ
ހަނގުރާމަ ފެށުމުގެ ކުރިން ފާރިސީން ގެ ކޮމާންޑަރު ގެ އެދުމުގެ މަތިން ބައްދަލު
ކުރަން ދިޔަ މުސްލިމުންގެ ސަފީރުން ނަށް ބޮޑެތި އިނާމް ތައް ހުށަހެޅުނެވެ.
ނަމަވެސް މުސްލިމުން އައީ ދުނިޔެއަކާއި
ހެދިގެން ނޫންކަން ހާމަކޮށްދިނެވެ. ނަތީޖާ އަކަށް ވީ ކިހިނެއްތޯއެވެ. ސަޢުދު ބިން ވައްޤާސް މުސްލިމުން ގެ ލަޝްކަރު ގޮވައިގެން އަހު ގައާއި
ފައިމަގުގައި އެއޮށް ބޮޑު ދިޖުލާ ކޯރު ހުރަސް ކޮށް ފާރިސީންނާއި ކުރިމަތިލާން
އައީއެވެ. އެވަގުތު
ފާރިސީންނަށް އެތަން ފެނިފައި ގަތް ބިރުން މިއޮށް އަންނަނީ އިންސީންނެއް ނޫނޭ މިއީ
ޖިންނީން ތަކެކޭ ގޮވައި ހަޅޭއްލަވަން ފެށިއެވެ. ނަތީޖާ އަކަށް ވީ މުސްލިމުންނާއި އަޅާ ކިޔާއިރު އެތައް
ގުނައެއް ބޮޑު އެ ފާރިސީން ގެ ލަޝްކަރު އަދި އެތައް ހަތިޔާރު ތަކަކާއި ބޮޑެތި
އެތައް އެތް ތަކެއް ހިމެނޭ އެ ލަޝްކަރު އަދި އެތައް ޤަރުނައެއް ވަންދެން ބޮޑުކުރި ހަޟާރަތް
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ބިންމަތީން ފުހެވިގެން ދިޔައީއެވެ.
" ﷲ ، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް
ފަރާތެއްނެތެވެ. އަދި،
އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި ﷲ
އަށް مؤمن ން وكيل ކުރާހުށިކަމެވެ!" (سورة آل عمران:
160 )
އައިނަ ޖަލޫތް
ހަނގުރާމައިގައި މޮންގޯލްސް އާއި ދެކޮޅަށް ސައިފުއްދީން ޤުއްތޫޒް ކުރި
ހަނގުރާމާއިގައި ސައިފުއްދީން ގޮވަމުން ދިޔައީ "ވާ އިސްލާމް، ވާ އިސްލާމް" މިހެންނެވެ. މާނައަކީ އިސްލާމް ދީނަށް ވަނީ ނުރައްކާވެފައި މިހެންނެވެ.
ނަތީޖާ އަކަށްވީ މުސްލިމުން ގެ ހިތްވަރު
އާލާވެ ކުރި ވަރުގަދަ ހަނގުރާމައިގައި އެތައް ލަޝްކަރެއް ބަލިކޮށްފައިވާ އެތައް
ޤައުމެއް ފަތަހަ ކޮށްފައިވާ އެ ވަރުގަދަ މޮންގޯލްސް އެންމެ ފުރަތަމަ ފަހަރަށް
ހަނގުރާމައެއްގައި ބަލިވެގެން ދިޔައީއެވެ.
އަރުސަލާން ގެ
ފަނަރަ ހާސް މުސްލިމުންގެ ލަޝްކަރެއް ހަނގުރާމަ އެއް ނިންމާލުމަށް ފަހު އެނބުރި އަންނަނިކޮށް
ރޯމަނުން ގެ އެެންމެ ބޮޑެތި ޖެނެރަލުން ހިމަނައިގެން ހަލައްކަ މީހުން ގެ ތާޒާ ލަޝްކަރެއް
މުސްލިމުންނާއި އިދިކޮޅަށް އަންނަ ޚަބަރު ލިބުނެވެ. މި ޚަބަރު ލިބުމާއި އެކު ކޮމާންޑަރ ބަލާލީ މުސްލިމުން ގެ
ލަޝްކަރަށެވެ. އެތައް ޒަހަމް
ތަކެއް ލިބި ވަރުބަލިވެފައިވާ މި ލަޝްކަރު ފެނުމުން ހިތްވަރު ދެރައެއް ނުކުރެއެވެ.
ދިޔަގޮތަށް ގޮސް ފޭލިގެއަށް ވަދެ ލައިގެން
އައީ ކަފުނެކެވެ. އަދި ގައިގައި
ކާފޫރު އުނގުޅިއެވެ. އަދި ނުކުމެ
މުސްލިމުން ގެ ލަޝްކަރާއި މުޚާތަބު ކޮށް ވިދާޅުވިއެވެ. "މިއަދު އިސްލާމްދީނަށް ވަނީ ނުރައްކާވެފައެވެ. އަދި މި ބިމުން لا إلهَ إلاّ
ﷲ މިކަލިމަ
ފުހެވިގެންދާނެ ކަމުގެ ބިރު އަހަރެންނަށް އިހުސާސުވެއެވެ. އޭ މުސްލިމުންނޭވެ. އަހަރެން
މިހިރީ ކަފުން ލައިގެން ކާފޫރު ލައިގެން މަރަށް ތައްޔާރުވެގެންނެވެ.
މިއަދު ސުވަރުގެ ބޭނުން ބަޔަކު ނަމަ މިގޮތަށް
ހެދުން އަޅައިގެން މަރަށް ތައްޔާރުވެގެން ނުކުންނާށެވެ. މިއަދު އަހަރުމެން ހަނގުރާމަ ކުރާނީ لا إلهَ إلاّ
اللّهُ މިކަލިމައިގެ ހިޔަލުގައެވެ.
އަދި އޮތީ لا إلهَ إلاّ
ﷲ ކަލިމަ
މަތިވެރިވުން ނޫނީ އަހަރުމެން ދުނިޔެ ދޫކޮށް ދިޔުމެވެ. ". އެވަގުތު ހުރިހާ މުސްލިމުން ވެސް ގޮސް ކަފުން އަޅާ މަރަށް
ތައްޔާރުވެގެން ނުކުތެވެ. ކުއްފާރުން ގެ ލަޝްކަރަށް މިތަން ފެނުމުން އެބައިމީހުން ބިރުން ތުރުތުރު
އަޅައިގެން ދިޔައެވެ. ނަތީޖާ އަކަށް
ވީ އެ ބޮޑު ލަޝްކަރު ކުޑަ ހިނދުކޮޅެއްްގެ ތެރޭގައި ބަލިވެގެން ދިޔުމެވެ.
" ......ﷲ ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ".( سورة البقرة
:249 )
އިޓަލީ އިން
ލީބިޔާ އަށް އަރާ މުސްލިމުން ޤަތުލު ކުރަމުން ދިޔައިރު އެކަމާއި ދެކޮޅަށް ތެދުވެ
ކުއްފާރުންނާއި ދެކޮޅަށް އެއްހާހަށް ވުރެ ގިނަ ހަނގުރާމަ ކުރި ސިންގާއެއް ފަދަ
މުޖާހިދު އުމަރު އަލް މުޚުތާރު ، އަތުލައިގަނެގެން ޝަރީއަތަށް
ގެންދެވުނު ވަގުތު، ކުއްފާރުން ގެ ބޮޑުން އުމަރު އަލް މުޚުތާރު އަށް ދިޔައީ އޭނާ
ގެ ޤައުމުގެ އެހެން ބޮޑުންނަށް ދެވުނު ފަދަ ދުނިޔަވީ ހުށަހެޅުންތައް
ހުށަހަޅަމުންނެވެ. އެކަމަކު އޭގެ
ރައްދަކަށް އުމަރު އަލް މުޚުތާރު ވިދާޅުވީ ކީކޭތޯއެވެ. " އަހަރެން ކަލޭމެންނާއި އިދިކޮޅަށް ކަލޭމެން މި ޤައުމުން
ފައިބަންދެން ނޫނީ އަހަރެން ގެ ފުރާނަ ދަންދެން ހަނގުރާމަ ކުރާނަމެވެ.
އަދި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައް
ދެނެ ވޮޑިގެންވާ ފަރާތް ގަންދީ ބުނަމެވެ. އަހަރެން ގެ ދެއަތް މިވަގުތު ބަދެވިފައިނުވާނަމަ މި ހުސްއަތުން ވެސް ކަލޭމެންނާއި
ހަނގުރާމަ ކުރީމުސް އެވެ. އެއީ އަހަރެން ކިތަންމެ މުސްކުޅި ނިކަމެތިވެފައިވީ ނަމަވެސް އެވެ."
އެވަގުތު
ކުއްފާރުން މަލާމަތް ކުރާ ހާލު އުމަރު އަލް މުޚުތާރު ދަންޖެއްސުމަށް ހުކުމް ކޮށް
ދަންޖެއްސިއެވެ. ނަތީޖާ އަކަށް
ވީ ކިހިނެއްތޯއެވެ. އުމަރު އަލް މުޚުތާރު ގެ ނަން ރަން އަކުރުން އިސްލާމީ ތާރީޚު
ގައި ލިޔެވުނީއެވެ. މުސްލިމުން ގެ ހިތްތަކުގައި އުމަރު އަލް މުޚުތާރު އަށް ލޯބި
އަށަގަނެގެން ދިޔައީއެވެ. އަދި ކިއެއްތޯއެވެ. ކުރިން މަލާމަތް ކުރި ހަމަ އެ
ކާފަރުން ، މި ބަތަލުގެ ހިތްވަރު ގަދަ ކަމަށް ޓަކައި ޘަނާ ކިޔަމުން ގޮސް
"ލަޔަން އޮފް ދަ ޑެޒާރޓް" މި ލަޤަބުން އެ ބަތަލަށް ނަންދީ އިނގިރޭސި
ފިލުމަށް ދަންދެއް ވެސް ހެދީއެވެ.
"ﷲ ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ!
އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ." (سورة آل عمران : 169)
އިސްލާމީ
ޝަރީއަތަށް ގޮވާލުމުގައި އެތައް މަސައްކަތެއް ކޮށްދެއްވި ސައްޔިދު ޤުތުބު
ދަންޖައްސާ މަރާލަން ގެންދެވުނީ ،މިހާރު ގެ މި ކުފުރު ޑިމޮކްރަސީ ނިޒާމަށް ތަބާނުވީމައެވެ.
އެންމެ ފަހު ވަގުތާ ހަމައަށް ދަންދެންވެސް ވިދާޅުވަމުން
ދިޔައީ އަހަރެން ކަލޭމެންނަކަށް ، ކަލޭމެންގެ ނިޒާމަކަށް ބޯނުލަބާނަމެވެ.
އަދި ދަންޖައްސަން ގެންދެވުނު ވަގުތު ސައްޔިދު
ޤުތުބަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު މިނިވަން ވުމަށް ހުށަހެޅުނެވެ.
އެއީ
އެބައިމީހުން ގެ ކުފުރު ނިޒާމަށް އެއްޗެހި ނުކިޔާނެ މަތިންނެވެ.
ނަމަވެސް ސައްޔިދު ޤުތުބު އެވަގުތު ވިދާޅުވީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ
ބަސްފުޅެކެވެ. "އަހަރެން ، ﷲ
ގެ އެއްކައުވަންތަކަމަށް ހެކިވާ މި
ޝަހާދަތުގެ އިގިލިން ތިޔަ ކަރުދާހުގައި
ސޮއެއް ނުކުރާނަމެވެ". މާނައަކީ
އަހަރެން ދެމިހުންނާނީ ﷲ އެއްކައުވަންތަ ކުރުމުގައެވެ. އަދި އަހަރެން ތިޔަ ކުފުރު ނިޒާމަކަށް ސަޖިދަ އެއް ނުކުރާނަމެވެ.ނަތީޖާ އަކަށް ވީ
ދަންޖައްސަން އެރުވުނު ހިނދު މޫނު މަތިން ފެންނަން ހުރި ހިތްހަމަ ޖެހުމެވެ.
އުފާވެރިކަމެވެ. އެއީ، އިސްލާމީ ޝަރީއަތް ޤާއިމު ކުރާނޭ ގޮތުގެ ފުރިހަމަ ކުރެހުމެއް
އެތަކެއް ޣާފިލުވެފައިވާ މުސްލިމުންނަށް އުގަންނަވާ ދެއްވެވުނު ކަމުގެ އުފަލެވެ.
އަދި މިދުނިޔެ ދޫކޮށް ދިޔަކަމުގައި ވިއަސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީން
މަތިވެރިކުރާނޭ އެތަކެއް ދަރިވަރުންތަކެއް ދޫކޮށްދާކަމުގެ އުފަލެވެ. ދުނިޔޭގެ އެކި
ބައްރުތަކާއި އެކި ޤައުމުތަކުގައި لا إلهَ إلاّ اللّهُ ގެ ހިޔަލުގައި
ޖިހާދުކުރާނޭ ފަހުލަވާނުން ތަކެއް އުފެއްދުމަށްޓަކައި އެތައް އަގުހުރި
ލިޔުންތަކެއް ދޫކޮށްފައި ދާ ކަމުގެ ހިތްހަމަޖެހުމެވެ. މި ސަބަބަށްޓަކައި
ކުއްފާރުން ވަނީ މި ޤަރުނު ގެ ޖިހާދު ، (ކުއްފާރުންގެ ބަހުރުވައިންނަމަ
ޓެރަރިޒަމް) ގެ ބާނީ އަކީ ސައްޔިދު ޤުތުބު ކަމަށް ސިފަ ކޮށްފައެވެ.
" ﷲ އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ.
އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް
އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް
ނުގެނެތެވެ."(سورة الأحزاب: 23)
އާއެކެވެ.
ހަޤީޤީ މުސްލިމުންނަކީ މިއީއެވެ. ﷲ އާއި އެކަލާނގެ ފޮނުއްވި ރަސޫލާ ސަޢްލަﷲ
ޢަލައިހި ވަސައްލަމް ދެކެ ހަޤީޤީ ލޯބިވީ ބޭކަލުންނަކީ މިއީއެވެ. އިސްލާމް ދީނަށް
ހަޤީޤީ ޚިދުމަތް ކޮށްދިން ބޭކަލުންނަކީ މިއީއެވެ.
ނަމަވެސް
އަހަރުމެން ﷲ ގެ ދީނަށް
ކޮށްދިނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލާށެވެ.
އަދި ކިއެއްތަ، އަހަރުމެން ﷲ
ގެ ދީނަށް ނަސްރު ނުދޭ ތާގައި އަހަރުމެން
ނަސްރު ދެނީ ކާފަރުންނަށެވެ. އެމީހުން ގެ ކުފުރު ނިޒާމް ތަކަށެވެ. އެމީހުން ގެ ހައްޤު ތަކަށެވެ. އެމީހުން ގެ އުސޫލު ތަކަށެވެ. އެމީހުންގެ ފިލޯސަފީ ތައް ފަތުރާ މީހުންނަށެވެ.
ސުބުޙާނަﷲ، ހަމަ ޔަޤީނުންވެސް މިފަދަމީހުންގެ އީމާން ކަމާއި މެދު
ޝައްކެވެ.
އޮރިއެންޓަލިސްޓަކު
ބުނެފައި ވެއެވެ. "މުސްލިމުން އެބައިމީހުން ގެ ދީނުގެ ބޮޑެތި އަސާސް ތައް
ދޫކޮށްލާ އަދި އިސްލާމްދީނުގެ ފުރިހަމަ ކަމާއި، އިސްލާމީ ޝަރީއަތުގެ ރިވެތި ކަމާއި
މެދު ޣާފިލުވެ، މީހުން ހަދާފައިވާ ޤާނޫނު ތަކަށް ތަބާވުމުން، އެބައިމީހުންގެ ތެރޭގައި ފާހިޝް ޢަމަލު ތަކާއި ވިޔާނުދާ
ހަޑި މުޑުދާރު ކަންތައްތަކާއި، މުނާފިޤު ކަމާއި، ރުޅިވެރިކަން ފެތުރިގެން
ދިޔައެވެ. އަދި އެއްބައިވަންތަކަން ގެއްލި، އެބައިމީހުންނަށް ގެއްލުން ހުރި
ކަންތައްތަކާއި ފައިދާ ހުރި ކަންތައް އޮޅިގެން ދިޔައެވެ. އަދި ކެއުމާއި ބުއިމާއި
ނިދުމުގައި ދުނިޔޭގެ ހަޔާތަށް ގެއްލި ހުސްވިއެވެ. އަދި ދުޝްމަނުން ގެ މައްޗަށް
ގަދަވެގަތުން ދޫކޮށްލާ ނިކަމެތިކަން އިޚުތިޔާރު ކުރިއެވެ."
މިއީ ދުނިޔެ
ދައްކަމުންދާ ހަޤީޤަތެވެ. މުސްލިމުން ނިކަމެތިވީ ދެވަނަ އެހެން ކަމެއް ވެގެންނެއް
ނޫނެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުން ދޫކޮށްލާ ، ކުފުރު ނިޒާމް ތަކަށް ތަބާވެ ދުނިޔޭގެ
ޒީނަތަށް ހެއްލުނީމައެވެ. ކާފަރުން ކޮޕީ ކޮށް ޢަދުއްވުން ގެނެސް ގޭތެރެއަށް ވައްދާ
އެއް ސުފުރާ މަތިން ކާންދޭން ފެށީމައެވެ. ނަތީޖާ އަކަށްވީ މުސްލިމުން ތެރޭގައި އެއްވެސް
ޒަމާނެއްގައި ނުދެކޭފަދަ ނުބައި ފާޙިޝް ޢަމަލު ތައް ފެތުރި ހަލާކަށް ވެއްޓިގެން
ދިޔުމެވެ. މުސްލިމުން ގެ މުސްލިމުކަން ފުހެވި ކާފަރުން ގެ މައްޗަށް ގަދަވެ
ގަތުމަށް ނުރުހުންތެރިވެ ނިކަމެތި ވެގެން ދިޔުމެވެ.
ސުބުޙާނަﷲ،
ސަލަފުއް ސާލިހުން އަހަރުމެންނަށް ދައްކުވައިދިން އަގުހުރި މިޘާލަކީ މިއީހެއްޔެވެ.
އަހަރުމެންނަށް ހެޔޮ ވިސްނޭނީ ކޮން އިރަކުން ހެއްޔެވެ. ނޫނީ އަހަރުމެން ހޭއަރާނީ ނަރަކައިގެ ދޮރު މައްޗަށް ހުއްޓެން
ޖެހުނީމަ ހެއްޔެވެ.
ޔާ ﷲ
،އަޅަމެންނަށް ތެދު މަގު
ދައްކަވާނދޭވެ. އަދި
އިބަރަސްކަލާނގެ ދީނަށް ނަސްރު ދޭނޭ ވަރުގަދަ ފަހުލަވާނުންތަކެއް މި ދިވެހި
ރާއްޖެއިންނާއި މި ދުނިޔެއިން ނެރުއްވާނދޭވެ. އަދި ކުއްފާރުންނާއި ކުއްފާރުންގެ އެހީތެރިން ގަދަފަދަ
ބައްޔަކުން ބަލިކުރައްވާނދޭވެ. އާމީން.