ޝަޙީދުން ގެ ޢީދޭ ކުރާށޭ ހަދާން...



ތިރީގައި މިވަނީ ބޮސްނިޔާ ހަނގުރާމައިގައި ޝަހީދުވި ދެ ބޭކަލެއް ގެ ހަޤީޤީ ވާހަކަ އެވެ. މިވާހަކަ ތަކުން ތިޔަ ބޭފުޅުންނަށް އިބުރަތެއް ހާސިލު ވާނެ ކަމަށް އުއްމީދު ކުރަމެވެ. 
އަބޫ މުސްލިމް އައް ތުރުކީ އަކީ ތުރުކީ އަޚެކެވެ. ނަމަވެސް ދިރިއުޅެމުން ދިޔައީ ކާފަރެއްގެ އުޅުމެވެ. އަބޫ މުސްލިމް ކައިވެނި ކޮށްގެންވެސް އުޅުނީ އިނގިރޭސި އަންހެނަކާއިއެވެ. އަދި އަބޫ މުސްލިމް ދިރިއުޅެމުން ދިޔައީ ނަމާދެއް އެއްޗެއް ނުކޮށް ދީނެއް މިއްލަތެއް ނެތިއެވެ.

މި ދިރިއުޅުމުގައި މިހެން އުޅެނިކޮށް އޭނާ އަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ތެދުމަގު ދައްކަވައިފިއެވެ. އަދި ބޮސްނިޔާ ގައި މުސްލިމުންނާއި ދެކޮޅަށް އަނިޔާ ވެރި ޖަރީމާ ތަކެއް ހިންގާ ވާހަކަ އަޑު އިވުނެވެ. އެވަގުތު އަބޫ މުސްލިމް ބުންޏެވެ. " އަހަރެން ބޮސްނިޔާ އަށް ދާނަމެވެ. އަދި އަހަރެން ތައުބާ ވާނަމެވެ. އަދި އަހަރެން ކުއްފާރުންނާއި ދެކޮޅަށް ހަނގުރާމަ ކުރާނަމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންނަށް ކުރީގައި ކުރެވިފައިވާ ފާފަ ތައް ފުއްސަވާ ދެއްވާތޯއެވެ." އަދި އެއަށްފަހު އަބޫ މުސްލިމް ބޮސްނިޔާ އަށް ގޮސް މުޖާހިދުންނާއި ގުޅުނެވެ.
އެއްފަހަރު ކުރޯޓްސް އިންނާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އަބޫ މުސްލިމް ބައިވެރިވާން ބޭނުންވިއެވެ. ނަމަވެސް އުމުރުގެ ދޮށީ ކަމުން އަބޫ މުސްލިމް ބައިވެރި ނުކުރުމަށް އަމީރު ނިންމިއެވެ. އެވަގުތު އަބޫ މުސްލިމް ކުޑަ ކުއްޖެއް ފަދައިން ރޯން ފެށިއެވެ. އަމީރަށް އެންމެ ފަހުން ގޮތް ހުސް ވެގެން އަބޫ މުސްލިމް އެ އޮޕަރޭޝަނު ގައި ބައިވެރި ކުރިއެވެ.
އެ އޮޕަރޭޝަނުގައި އަބޫ މުސްލިމް ގެ އަތަށް ވަޒަނެއް އެރިއެވެ. އަދި އޭގެ ސަބަބުން އަތް ބިންދައިގެން ދިޔުމުން އަތަށް ފަރުވާ ދިނުމަށްޓަކައި އަތުގައި ބޭސްގަނޑެއް އެޅިއެވެ. އަދި ހަމަސް ވަންދެން އެ ބޭސްގަނޑު އަޅައިގެން އުޅެން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދިނެވެ. ނަމަވެސް އެންމެ 45 ދުވަސް ތެރޭގައި އެ އަތް މުޅިން ފަސޭހަވެ އެބޭސްގަނޑު އަތުން ނައްޓާލިއެވެ.
އެއަށް ފަހު އައީ ވަރަށް ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ގެ ކުރިން އަބޫ މުސްލިމް އަށް ހުވަފެނުގައި ރަސޫލާ ސަޢްލަﷲ ޢަލައިހި ވަސައްލަމް ފެނުނެވެ. އެވަގުތު އަބޫ މުސްލިމް ރަސޫލާ ސަޢްލަﷲ ޢަލައިހި ވަސައްލަމް ގެ ފަޔަށް ބޮސް ދޭން ފެއްޓިއެވެ. އެކަން ހުއްޓާލުމަށް ރަސޫލާ ސަޢްލަﷲ ޢަލައިހި ވަސައްލަމް އެންގެވިއެވެ. އަބޫ މުސްލިމް ދެން ރަސޫލާ ސަޢްލަﷲ ޢަލައިހި ވަސައްލަމް ގެ އަތަށް ބޮސް ދޭން ފެއްޓިއެވެ. އަނެއްކާވެސް އެކަން ނުކުރުމަށް ރަސޫލާ ސަޢްލަﷲ ޢަލައިހި ވަސައްލަމް އެންގެވިއެވެ. އަދި އެއަށްފަހު އަބޫމުސްލިމް އާއި ސުވާލު ކުރެއްވިއެވެ. " އޭ އަބޫ މުސްލިމް އެވެ. ތިބާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ." އެވަގުތު އަބޫ މުސްލިމް ޖަވާބު ދިނެވެ. "އަޅުގަނޑު ބޭނުންވަނީ ޝަހީދަކަށް ވާށެވެ. އަޅުގަނޑަށް އެކަން ހާސިލުވޭތޯ ދުޢާ ކޮށް ދެއްވާށެވެ"
ކޮންމެ އަކަސް  ބޮޑު އޮޕަރޭޝަނުގެ ކުރިން އަމީރު އަބުލް ޙާރިޘް އޮޕަރޭޝަނުގައި ބައިވެރި ވާނޭ މީހުން ހޮވަން ފެއްޓިއެވެ. އަދި އަބޫ މުސްލިމް ގެ ހާލު މުޅިން ރަނގަޅު ނުވެ ހުރުމުން އަބޫ މުސްލިމް ބައިވެރި ނުކުރުމަށް ނިންމިއެވެ. އެވަގުތު އަޑު ގެ ކޮޅަށް އަޑު ނަގާ އަބޫ މުސްލިމް ކުޑަ ކުއްޖެއް ފަދައިން ރޯން ފެއްޓިއެވެ. އަދި އަމީރާއި ދިމާލަށް ބުންޏެވެ. "ތިބާ ﷲ އަށް ބިރުވެތި ވާށެވެ."
އެތާ އެވަގުތު ތިބި އެހެން އަޚުންތައް ބުންޏެވެ. "އޭ އަބޫ މުސްލިމް އެވެ. ރުއިން ހުއްޓާލާށެވެ. ސާރބުންނަށް ތި ރުއިމުގެ އަޑު އިވިދާނެއެވެ." ޖަވާބުގައި އަބޫ މުސްލިމް ބުންޏެވެ." އަހަރެން މި އޮޕަރޭޝަނުގައި ބައިވެރި ނުކޮށްފިނަމަ މުޅި މި ޤައުމު ގެ މީހުންނަށް އަޑު އިވޭ ވަރަށް ރޯނަމެވެ."އަދި އެއަށް ފަހު އަމީރު ކައިރީ އާދޭސް ކުރަމުން ރޮމުން ބުންޏެވެ. " އަހަރެން ލަޝްކަރު ގެ އެންމެފަހަތުގައި އެންމެ ފަހު މީހާ ގޮތުގައި ނަމަވެސް ބައިވެރި ކުރާށެވެ" އެންމެފަހުން  އެތައް އާދޭހަކަށް ފަހު  ލަޝްކަރު ގެ އެންމެ ފަހަތަށް އަބޫ މުސްލިމް ލުމަށް އަމީރު ނިންމިއެވެ.
ނަމަވެސް އެ އޮޕަރޭޝަން ފެށުމަށް ފަހު ހަނގުރާމަ ގަދަވެ ފަހަތުގައި ތިބި މުސްލިމުން ކުރިއަށް ނިކުންނަން ޖެހުނެވެ. އެވަގުތު އަބޫ މުސްލިމް  ވެސް ކުރިއަށް އަރާ ގަދައަށް ހަނގުރާމަ ކުރަން ފެށިއެވެ. އިސާހިތަކު އަބޫ މުސްލިމްގެ މެޔަށް ވަޒަނެއް އަރާ ޝަހީދު ވިއެވެ.
އެ ހަނގުރާމައަށް ފަހު ޝަހީދުވި މުސްލިމުން ގެ ހަށިގަނޑުތަކާއި ހަމައަށް މުޖާހިދުންނަށް ދެވޭ ގޮތް ނުވެގެން އުޅެނިކޮށް ކާފަރުން އެ ހަށިގަނޑު ތައް ގެންދިޔައެވެ.  
އަދި އެއަށްފަހު ތިން މަސް ފަހުން ކާފަރުން އަބޫ މުސްލިމް ގެ ހަށިގަނޑު މުސްލިމުންނަށް އެނބުރި ރައްދު ކުރިއެވެ. ރައްދު ކުރިއިރު ސުބުޙާނަﷲ ، އަބޫ މުސްލިމް ގެ ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސް ފައި ނުވެއެވެ. އަދި ގޮމަކަސްތޫރީ ގެ މީރު ވަސް އެ ހަށިގަނޑުން ނިކުންނަމުން ދިޔައެވެ. އަދި އެވަގުތު އެތާ ތިބި ހުރިހާ އަޚުން ވެސް އަބޫ މުސްލިމް ގެ ހަށިގަނޑު އިތުރަށް އަލިވެ ރީތިވެފައި ކަމަށް ހެކިވިއެވެ.
ސުބުޙާނަﷲ ، އޭ އަޚުންނާއި އުޚުތުންނޭވެ. މިފަދަ ވާހަކަ ތަކުން އިބުރަތް ލިބި ގަންނާށެވެ.
އެއަށް ފަހު ހަމަ އެދުވަސްވަރު ޝަހީދުވި އެހެން އަޚެއް ގެ ވާހަކައެވެ.
އެއީ ޖަމާލުއްދީން ޔަމެނީ ނަމަކަށް ކިޔާ ޔަމަނުގެ އަޚެކެވެ.  އެއްފަހަރަކު ސާރބުންނާއި ދެކޮޅަށް މުސްލިމުން ހިންގި ބޮޑު އޮޕްރޭޝަނެއްގައި ޖަމާލުއްދީން ބައިވެރިވިއެވެ. އެ ހަނގުރާމަ ތެރޭގައި ޖަމާލުއްދީން ގަދަ އަށް ހަނގުރާމަ ކުރަމުން ގޮސް ސާރބުންގެ ބަޔަކު މަރާލުމަށް ފަހު ޝަހީދުވެގެން ވެއްޓުނެވެ. އެ ހަނގުރާމަ ނިމުމުން މުޖާހިދުން އެ ހަނގުރާމައިގައި ޝަހީދުވީ މުސްލިމުންގެ ހަށިގަނޑުތައް ހޯދުމަށްޓަކައި ދިޔައެވެ. ނަމަވެސް  އެހެން ހުރިހާ ހަށިގަނޑުތަކެއް ފެނުނުއިރުވެސް ޖަމާލުއްދީން ގެ ހަށިގަނޑެއް ނުފެނުނެވެ. އެއަށް ފަހު ތިން ދުވަސް ފާއިތު ވެގެން ހިގައްޖެއެވެ. މުޖާހިދުން ޖަމާލުއްދީން ގެ ހަށިގަނޑަށް ވީ ގޮތާއި މެދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އަދި ސާރބުން ޖަމާލުއްދީންގެ ހަށިގަނޑު ގެންގޮސް އެއަށް ގޮތްގޮތް ހަދާފާނޭ ކަމަށް މުޖާހިދުން ބިރުގަތެވެ.
އޭގެ ތިންދުވަސް ފަހުން އެއްރޭ ފަތިސް ނަމާދު ގެ ކުރިން އެވަގުތު މުސްލިމުން ގެ އަމީރަކަށް ހުރި ވަހީދުއްދީން މިސްރީ އަށް ހުވަފެނުގައި ޖަމާލުއްދީނާއި ވާހަކަ ދައްކަނިކޮށް ފެނުނެވެ. ވަހީދުއްދީން މިސްރީ އެހިއެވެ. "އޭ އަޚާއެވެ. އަހަރުމެން ތިބާ ގެ ހަށިގަނޑު ހޯދާ ހޯދާ ވަރުބަލިވެއްޖެއެވެ. ތިބާ ގެ ހަށިގަނޑު ވީ ކޮންތަނެއްގައި ހެއްޔެވެ. " ޖަވާބުގައި ޖަމާލުއްދީން ބުންޏެވެ. "ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންގެ ހަށިގަނޑު އެކަލާނގެ ބެއްލެވުމުގެ ދަށަށް ގެންދަވައިފިއެވެ ."
ވަޙީދުއްދީން އެހިއެވެ. "ތިބާ ތިޔަ އުޅެނީ ކޮންތަނެއްގައި ހެއްޔެވެ" ޖަމާލުއްދީން ޖަވާބު ދިނެވެ. " އަހަރެން ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ވާހަކަ ދެއްކީއެވެ." ވަހީދުއްދީން އެއްސެވެ. "އެއީ ކޮން ވާހަކަ އެއް ހެއްޔެވެ" ޖަމާލުއްދީން ޖަވާބު ދިނެވެ "ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެން ކައިރީ ސުވާލުކުރިއެވެ. ޖަމާލުއްދީން އެވެ. ކަލޭ ބޮސްނިޔާ އަށް އައީ ކީއް ކުރަން ހެއްޔެވެ. އަހަރެން ޖަވާބުދިނީމެވެ. ތިމަން އަޅާ މިތަނަށް އައީ ހަމަ އެކައެކަނި އިބަރަސްކަލާނގެ ރުހިވޮޑިގަތުން ހޯދުމުގެ ބޭނުމުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ކަލޭގެ ހުރިހާ ފާފައެއް ފުއްސަވައިފީމެވެ. އަދި ކަލޭ ސުވަރުގޭގެ އެކި ތަންތަނަށް އުދުހި އުޅޭށެވެ"
ސުބުޙާނަﷲ ، މިއީ ބޮސްނިޔާ ގެ ހަނގުރާމައިގައި ދިމާވެފައިވާ ހަޤީޤީ ހާދިޘާ  ތަކެކެވެ. އަދި މި ނޫންވެސް އެތައް އެތައް އަޖައިބު ކުރުވަނި ކަންތައްތަކެއް މުޖާހިދުން  ކޮށްފައިވާ ހަނގުރާމަ ތަކުގައި ވަނީ ފެނިފަ އެވެ. އެގޮތުން ޝަހީދުންނަށް ޝަހީދު ވުމުގެ ކުރިން ސުވަރުގޭ ގެ ގަނޑުވަރު ތައް ފެނުމާއި، ސުވަރުގޭ ގެ ޙޫރުލް ޢީނުން ފެނުމާއި، ޝަހީދު ވުމަށް ފަހު ހަށިގަނޑު ހަލާކު ނުވެ ކުނި ނުވެ އޮތުމާއި، ޝަހީދު ވެފައިވާ ހަށިގަނޑުން މީރުވަސް ދުވުމާއި، ޝަހީދު ވުމަށް ފަހު އެތައް މަސްތަކެއް އަހަރުތަކެއް ހޭދަވުމަށް ފަހު ވެސް ތާޒާ ލޭ ހަށިގަނޑު ގެ ޒަހަމް ތަކުން ނުކުތުމާއި، ޝަހީދު ވެފައި އޮންނައިރު ހިނިތުން ވެފައި އޮތުމާއި މިނޫންވެސް އެތައް ކަރާމާތްތަކެއް ވަނީ ފެނިފައެވެ.
އާއެކެވެ. މިއީ އެ އެމެރިކާ އާއި އެ ޔަހޫދީން ލޭބަލް ކުރާ ޓެރަރިސްޓުންގެ ވާހަކައެވެ. އެ ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ވާހަކައެވެ. އެ ޖިހާދީ ހަރުކަށި މުޖާހިދުން ގެ ވާހަކައެވެ. އެމީހުންނަށް އެލޭބަލް ދެވުނީ އެ މީހުން ﷲ ގެ ނަންފުޅު މަތިވެރި ކުރުމަށް މަސައްކަތްކުރީ މައެވެ. އެމީހުންގެ ހިތުގެ ވިންދަކީ އިސްލާމީ ޝަރީއަތް ޤާއިމް ކުރުން ކަމުގައި ވީތީއެވެ. އެމީހުން ގެ މުސްލިމު އަޚުންނާއި އުޚުތުން އެކި ކަންކޮޅުތަކުގައި ރަހުމެއް ނެތި ޤަތުލު ކުރެވުމުން ދިޔައީތީ އެކަމާއި އިދިކޮޅަށް ޖިހާދަށް ތެދުވީތީއެވެ. ﷲ ގެ ދީނަށް ރުޖޫޢަވެ އެދީން ޤާއިމު ކުރަން މަސައްކަތް ކުރީތީއެވެ.
އާއެކެވެ. ތިޔަ ތާޤޫތުންނާއި ސަލީބީ ޔަހޫދީ ޒަޔަނިސްޓުންނާއި މޮޑޮނިސްޓުންނާއި ޑިމޮކްރޭޓުންނާއި މުނާފިޤުންނާއި ﷲ ގެ ދީނަށާއި އެކަލާނގެ ޝަރީއަތަށް ފުރައްސާރަ ކުރާ މުސްލިމުން ގެ ހެދުން އަޅައިގެން ތިބި ރަތްލާ ޖެހި ކާފަރުން ގެ ކުރިމަތީގައި މިއީ ޓެރަރިސްޓުންނެވެ. ނަމަވެސް ވަﷲ، ވަﷲ، ބުނަމެވެ. އެއީ ޓެރަރިސްޓުންނެއް ނޫނެވެ. އަދި ކިއެއްތަ! އެއީ މިއުއްމަތުގެ ހަޤީޤީ ފިރިހެނުން ނެވެ. އަދި މިއުއްމަތުގެ ހަޤީޤީ ބަތަލުން ނެވެ. އަދި ދުނިޔޭގެ ލައްޒަތާއި އަރާމާއި ދަޅަތަކަށް ނުހެއްލި ﷲ އަށް އިޙްލާސްތެރިވި ޙަޤީޤީ ﷲ ގެ އަޅުންނެވެ. އަދި ﷲ ގެ މަތިވެރި ޝަހީދުން ނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތުން އާލް އިމްރާންގެ 169 އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
"އަދި ﷲގެ މަގުގައި ހަނގުރާމަކޮށް ޤަތުލުވެ ޝަހީދުވެގެން ދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށް ވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ރައްބުގެ ހަސްރަތުގައި ރިޒްޤް ލިބިލިބި ތިބޭ ޙާލު ދިރި ތިބި ބައެކެވެ."
އަޅު ހައްދަވާ ބޮދު ކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ހައްޤު، ހައްޤު ގޮތުގައި ދައްކަވާ ބާތިލު، ބާތިލު ގޮތުގައި ދައްކަވާނދޭވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުންނަށް ނަސްރާއި ކާމިޔާބާއި އިއްޒަތް ދެއްވާނދޭވެ. އަދި ކާފަރުން ނިކަމެތި ކުރައްވާ ގަދަ ފަދަ ބައްޔަކުން ބަލި ކުރައްވާން ދޭވެ. އާމީން.

ޝަހީދުންގެ ޢީދޭ ކުރާށޭ ހަދާން،
ބަހީދެން އެހިއްވަރު އަލުން އާކުރާން.
ބަހީދެން މިދީނަށްޓަކައި ޖާނުދޭން،
ބަހީދެން އެކީގައި މުޅީން ހޭދަވާން.
އަލުން އައި މިޢީދާ ގުޅޭނޭ ގޮތުން،
                 މަލުން މާ ގަތާ ދޭށެ މިނިވަން އަތުން.
ކަލުން އިސްވެ ދިޔަ ދެއްކި އާޔަތްތަކުން،
                 އަލުން ވީއެ ހުރި މާނަތައް ދަސްކުރާން.
އިތުރު ހެޔޮލަފާ މުސްލިމު އަގު ހުރި ދަރީން،
             މިތުރުނޭވެ ލޭ ދެއްވިޔޭ ތެދުވެރީން.
ފިކުރުކޮށްލުމެއް ނެތް ގޮތެއްގައި މުޅީން،
                    މިލޮބުވެތި މުސްލިމު އުއްމަތް ސަލާމަތް ކުރާން.

(ތިރީގައި އެވަނީ މުސްލިމުންގެ ތެރެއިން ޝަހީދުވި ބައެއް ބޭކަލުން ،އެބޭކަލުންނަށް ކިތަންމެ ބޮޑެތި ޒަހަމްތަކެއް ލިބުނު ކަމުގައިވީ ނަމަވެސް އަދި މުޅި ހަށިހަނޑު ފިހުނު ކަމުގައި ވީ ނަމަވެސް އެބޭކަލުން ގެ މޫނުތައް އަލިވެ  ހިނިތުންވެފައިވާ ތަން ދައްކުވައިދޭ ވީޑިއޯ ތަކެކެވެ. މި އާރޓިކަލް ގައިވާ ވާހަކަ ތަކަކީ ފުލޯކު ވާހަކަ ތަކެއް ނޫންކަން ދެނެގަތުމަށްޓަކައި މިވީޑިއޯ ތައް ބައްލަވާ ލައްވާށެވެ.)