ހިނދުކޮޅު

އެ ޤިޔާމަތް ދުވަސް ، އެ ބިރުވެރި ވެގެންވާ މަންޒަރު އައުމުގެ ކުރިން އިންސާނާ އަށް ކުރިމަތިވެގެން އަންނަ ހިނދު ކޮޅެއް އާދެއެވެ. އެ ހިނދު ކޮޅަކީ މި ކެހިވެރި ޖާދުވީ ދުނިޔެއިން ބޮޑުވެގެން ވާ ހިތްދަތި ކަމަކަށް ނޫނީ ބޮޑުވެގެންވާ އުފަލަކަށް އިންސާނާ ގެންދެވޭ ހިނދު ކޮޅެވެ. އެއީ އިންސާނާ އެހެން މަންޒިލަކަށް ގެންދެވޭ ހިނދުކޮޅެވެ. ހިނދުކޮޅުތަކުގެތެރެއިން އަންނަ ބޮޑު ހިނދު ކޮޅެކެވެ. އެ ހިނދުކޮޅަކީ އިންސާނާ ގެ އެންމެ ފަހު ނަޒަރު ހިންގާލާ ހިނދުކޮޅެވެ.

ބިރު ގަންނާށެވެ



އޭ އިންސާނާއެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލި އުފަލާއި މަޖަލުގައި އުޅެމުންދާ އިންސާނާއެވެ. އަގުހުރި މިދުނިޔޭގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރަމުންދާ އިންސާނާއެވެ.
ތިބާ މިދުނިޔެއަށް ފޮނުވުނީ ހީސަމާސާ ކޮށް މަޖަލުގައި ވަގުތުތައް ހޭދަކުރުމަށް ހެއްޔެވެ. ތިބާ ގެ ކުރިމަތީގައި ބޮޑެތި ކަންތައްތަކެއްވާކަން ހަނދާން އެބަހުރިހެއްޔެވެ. ކޮންމެ އިންސާނަކާއި ހަމަކަށަވަރުންވެސް ބައްދަލުވާނޭ މަރު ތިބާ އާއި ވެސް ދާދި އަވަހަށް ބައްދަލުވާނެކަން ތިބާ

ޖުލައިބީބު


އޭނާ ގެ ނަމަކީ ވަރަށް އާދަޔާ ޚިލާފު އަދި ފުރިހަމަ ނޫން ނަމެކެވެ. އެ ނަން އައިސް ފައި ވަނީ ޖަލްބާބު މި ބަހުންނެވެ. އެ ބަހުގެ މާނައަކީ "ކުޑަ ކޮށް ބޮޑު ވެފާ " މިއެވެ.  މިނަމުން ވެސް އެގޭ ގޮތުގައި ޖުލައިބީބު އަކީ ވަރަށް ކުރު ކޮށް ކުޑަ ކޮށް ހުންނަ މީހެއް ކަމެވެ. އަދި މީގެ އިތުރުން މީހުން އޭނާ ސިފަ ކޮށްފައި ވަނީ އޭނާ އަކީ އާދަޔާ ޚިލާފަށް ހުތުރު އަދި އައިބު މީހެއް ގޮތަށެވެ.