ހަތް މުށުން ފެހި ކޮޅުދާލި ހެދުންކޮޅު



ގަންނަނީ ހަތް މުށް ފޮއްޗެވެ. ނަމަވެސް ލެވެނީ ކޮޅުދާލި ފޮތިން ހެދުން ފެހި ފަދައިންނެވެ. ޕެޗް އިރަ އިރައިގެން ނުދިޔަ ނަމަ ދެން ލާނީ ތަތް ލަވާފައިވާ "ބޮޑީ ޕެއިންޓެކެވެ".
މަގުމަގުން ހޯގޮވާލައި ކަންކަންމަތީން ސަލާމް ބުނެލުމުން ، ނުރުހުމުގައި "ހޫން" ހޫން" ޖަހާލިޔަސް ހިތް ހުންނަނީ އުފަލުން "އެކްސައިޓެޑް" ވެފައެވެ.
ކޯތާފަތުގައި ކޭއްތުނު ޗޯކު ތަކާއި، ޖަމަލެއްހެން ނަގާފައިވާ ހުޅިގަނޑަށް "ކޮމްޕިލިމެންޓެއް" ލިބުމުން އޯސަމް ޑޭއަކަށް ވީއެވެ.
ނަރަކައިގެ އަޒާބުގެ ވާހަކަތައް ދައްކާ އުޅެމުއެވެ.  ނަމަވެސް އަމިއްލަ ނަފްސު އެބިރުވެރި ތަނުގެ އަހުލުވެރިއަކަށްވާއިރުމެ ނޭނގުނުއެވެ.

އެވެރީން އަހަރުމެން މަގުފުރައްދައިފިއެވެ.




ބިރުވެރިކަމާއި ނާމާން ކަން ފެތުރިއްޖެއެވެ. ޖާހިލުކަމާއި އަނިޔާވެރިކަން އާއްމު ވެއްޖެއެވެ. ދީނެއް އުސޫލެއް ، އުޅުމެއް އަޚުލާގެއްނެތި އިންތިހާއަށް ހައްދުފަހަނައަޅައި ހިގައްޖެއެވެ. އާއެކެވެ. މި ދިވެހިރާއްޖޭ ގައި މިހާރު މިދެކެމުންދަނީ މީން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ނުބައި ނުލަފާ ޖާހިލު ކަމުގެ ދުވަސްވަރެކެވެ.
މިހާރު މި ފަސްގަޑުގައި މިފެނިގެންދަނީ ، ނިކަމެތި މަނި ތިއްކަކުން އުފެދުނު ނުހިނގިފައި ފިރުކިފައި ވެއްޓިފައި އުޅުނު ، ނަޖިސްތައް ބަޑުގައި އުފުލާ ހާލު ބިންމަތީ ހިނގާ އުޅޭ ، ސިކުނޑީގެ ކުޑަކުޑަ ނާރަކަށް ފިތިލާއިރަށް މަރުވެގެން ވެއްޓޭ  ބޮޑާ ކިބުރުވެރި އިންސާނުންތަކެއް އެބައިމީހުން ޚަލްޤު ކުރެއްވި މަތިވެރި ރައްބު މަތިން ހަނދާން ނެތިގެން ދިޔަ ތަނެވެ.

މީހުންނަކީ އެއީއެވެ.


ޤައިރަވާން ގައި ވާ އުޤްބާ ބިން ނައިފް މިސްކިތުގެ މަތީގައި މުސްލިމް އަޚަކު ތައިޙީދުގެ ދިދައެއް ހިފައިގެން

އަހަރެމެންގެ ބަނޑުތައް ބޮޑު ވެ ގައިގައި ޗަކަ މަސްތައް ޖަހައިފިއެވެ. ކަންނެތް ކަމުން ހަމަ ހަޤީޤަތުގައިވެސް ގައިގައި ފުޅަ އަޅައިފިއެވެ. މުދާ އެއްކުރުމުގައާއި ވިޔަފާރިކުރުމުގައި މުޅި އުމުރު ހުސްކޮށްލައިފިއެވެ. ދުނިޔެ އަށް ބޫތު ކާނެ އެންމެ ބޮޑަކަށް ކައިފިއެވެ.
އަހަރުމެން މީ މުސްލިމުން ހެއްޔެވެ. އަހަރުމެން ގެ ވާޖިބު ތައް އަދާ ކުރެވިއްޖެހެއްޔެވެ. ﷲ ގެ ދީނަށްޓަކައި އަދި ގެ ނަންފުޅު މަތިވެރިކުރުމަށްޓަކައި އެއްވެސް ޚިދުމަތެއް ކޮށްދެވިއްޖެ ހެއްޔެވެ.

ޝަޙީދުން ގެ ޢީދޭ ކުރާށޭ ހަދާން...



ތިރީގައި މިވަނީ ބޮސްނިޔާ ހަނގުރާމައިގައި ޝަހީދުވި ދެ ބޭކަލެއް ގެ ހަޤީޤީ ވާހަކަ އެވެ. މިވާހަކަ ތަކުން ތިޔަ ބޭފުޅުންނަށް އިބުރަތެއް ހާސިލު ވާނެ ކަމަށް އުއްމީދު ކުރަމެވެ. 
އަބޫ މުސްލިމް އައް ތުރުކީ އަކީ ތުރުކީ އަޚެކެވެ. ނަމަވެސް ދިރިއުޅެމުން ދިޔައީ ކާފަރެއްގެ އުޅުމެވެ. އަބޫ މުސްލިމް ކައިވެނި ކޮށްގެންވެސް އުޅުނީ އިނގިރޭސި އަންހެނަކާއިއެވެ. އަދި އަބޫ މުސްލިމް ދިރިއުޅެމުން ދިޔައީ ނަމާދެއް އެއްޗެއް ނުކޮށް ދީނެއް މިއްލަތެއް ނެތިއެވެ.

ޚައިރާނެއް ނުވާނެހެއްޔެވެ




 އުޑުމަތި އަދިރި ވެ ބަނަ ވެއްޖެއެވެ. މީހުން ގެ އުޅުން އިންތިހާ އަށް ނުލަފާ ވެއްޖެއެވެ. ކަޅި ނުޖެހެނިގެން އުޅެނިކޮށް ފެންނަނީ ޤަތުލު ކޮށްލެވޭތަނެވެ. މުޅި އުމުރު އަވަދި ނެތި ކޮށްލައިގެން ހޯދާ ފައިސާ ކޮޅު ވަގަށް ގެންދެއެވެ. ގިނަ ބަޔަކު ދުނިޔެއަށް ހިތް ޖެހި ހުސްވެފައެވެ.ފައިސާ އާއި ގެދޮރަށްޓަކައި ދަހިވެތިވެ ހުރިހާ ހައްދަކުން ބޭރަށް ދިޔުމަށް ތައްޔާރެވެ. ޚިޔާލެއް ފިކުރެއް ނެތެވެ. ދީނެއް އަޚުލާގެއް ނެތެވެ. ޖާހިލިއްޔަ ކަން ފެތުރިއްޖެއެވެ. ޘަދޫމު އެކޮޅުކޮޅުން ޖަހާލެވުނު ވާހަކަ ހަނދާން ވާ ހާލު އެއް ޖިންސުން ގުޅުން ހިންގަނީއެވެ. މަދިއަން ގެ މީހުން  ހަލާކުވެދިޔަ ދިޔަ ސަބަބު ކަމަށް ވާ މިނެ ކިރުމުގައި މަކަރު ހެދުމާއި މުދާ ނުހައްޤުން  ފޭރުން އާއްމު ވެއްޖެއެވެ. ފިރުއައުނު ތިމަންނައަކީ ރައްބޭ ބުނި ބީދައިން ޕާރޓީ ތަކުގެ ވެރިން ޕޯޑިޔަމް ތަކުގައި މީހުންނަށް ބާތިލު މަގު ދައްކަނީއެވެ. ޑާވިން ގެ ރާމާ މަކުނަށް އަޅުކަން ކުރާ މީހުން ރާމާމަކުނު ތައް ހާ  ގިނައެވެ. ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މީހުން ދުލުން ހެއްދެވި ނުހެއްދެވި ގޮވަނީއެވެ. މިޔުޒިކާއި ލަވަ ހަރާމް ކަން ބަޔާން ވެގެންވާއިރު އެ ގިރައިގެން ބުއިމުގެ މުބާރަތް ތައް ބޭއްވެނީއެވެ. ރަމަޟާން މަސް މާތް ވީމަ އޭ ކިޔާފައި ޓީވީ ތަކުން ނާޗަރަންގީ ތަކަށް ވެސް މާތް ކޮށް ހިތަނީއެވެ. ކުޑަކުދިން ގޭންގު ހަދައިގެން ކަންމަތީގައި ޖަމާވަނީއެވެ. ބާލިޣު ވެފަ ތިބި ބޮޑެތި ފިރިހެނުން ބޮޑެތި ރާފުޅި ތައް ކޮޑު ޖަހައިގެން ދުވަނީއެވެ. އަންހެނުން އޮރިޔާން ވެގެން ތިބެ މަގުމަތީގައި ދެފަރާތަށް އެއްލެމުން ހެއްލުވަމުން ނަށަނީއެވެ. ޒިނޭ އަކީ ރަޖަމު ކުރަން ޖެހޭ ފަދަ ނުބައި ކަމެއްކަން އެނގެއެވެ.ނަމަވެސް އަނބިމީހާ އޮފީހުގައި އެހެން ފިރިހެނަކާއި އެކު ދިވާނާ ވަނީއެވެ. ފިރިމީހާ އަވައްޓެރިއެއްގެ ގެއަކަށް ވަދެ ހިލޭ އަންހެނެއްގެ އުނގުތެރެއަށް ވަދެ ނިވާވެފައެވެ. ދެން ބޮޑު ވެފައި ތިމަންނައަކީ މުސްލިމެކޭ ބުނާ އިރު ލަދެއް ހަޔާތެއް ކޮބައި ހެއްޔެވެ.

އާއެކެވެ. ރައްބެއް ރަސޫލެއް ދީނެއް އުޅުމެއް ނެތި ހިނގައްޖެއެވެ ޚިޔާލެއް ފިކުރެއް ސިކުނޑިއެއް އިންސާނިއްޔަތުކަމެއް ވެސް ނެތީއެވެ. މީހަކު އަންތަރީސް ވެ ހައިރާނެއް ނުވާނެހެއްޔެވެ. ﷲ ގެ ޝަރީއަތެއް ބިމުގައި ނެތްތާގައި އެއަށް ތާއީދު ކުރާން ބަހެއް ބުނާނޭ މީހަކުވެސް ނެތީއެވެ.ތިމަންމެންނަކީ މުސްލިމުންނޭ ބުނާ ބަޔަކު ކުފުރު ޑިމޮކްރަސީ ތެރެއަށް ޣަރަޤު ވެ މޮޔަވަނީއެވެ.  ބޯ ވަރަށް ހަމަ ޖެހޭ ކަމަށް ދައުވާ ކުރާ ބަޔަކުޖަގަހަ ތަކުގައިއެއްބަޔަކު އަނެއް ބަޔަކަށް ނެތިމޮށި ހަޑި ހުތުރު ބަހުން ހަމަލާ ދީހަލާކު ވަނީއެވެ. ދަރިފުޅަށް ދީނެއް އަޚުލާގެއް ދަސްކޮށްނުދެވުނަސް ރޮނާލްޑޯ އަށް ވާން ދަސްކޮށްދެވުނީމަ އެ ހުރިހާ އުފަލެއްލިބުނީއެވެ. ޒުވާނުން ބޮލުގައި ސްޕައިކް ޖައްސާލާ ، ގިޓައެއް ކޮނޑަށް ލައިގެން ރޯމިއޯ ހެދިފަ އުޅެވުނީމަ އެންމެ ކޫލް ވީއެވެ. ދުވާލު ކެމެރާ އަކާއި ސާރފް ބޯޑެއް އަތަށް ލައިގެން އުޅެފަ ރޭގަނޑު ފޭސް ބުކަށް ވަދެލެވުނީމަ މުޅި ދުވަސް ހަމަ ޖެހުނީއެވެ. ބަންގީ ގެ އަޑެއް ނީވުނަސް ބޮޑެތި އައިނު އަޅައިގެން ފިނިބުރު ޖެހުނީމަ ނިމުނީއެވެ. މުޅި ހަފްތާ ހަރާމް ކަންތައްކުރުމުގައި ހޭދަކޮށްލުމަށް ފަހު ހުކުރު ދުވަހު މަގުމަތީގައި މުސައްލަ އަޅާ ލެވުނީމަ ހުރިހާ ކަމެއް ހަމަޖެހުނީއެވެ

ސުބުޙާނަﷲ، މިބައި މީހުންނަށް ހަމަ ނުވިސްނެނީހެއްޔެވެ. ނޫނީ ވިސްނަން ބޭނުންވެސް ނުވަނީހެއްޔެވެ.

އާއެކެވެ. ސުނާމީ ގެ އިންޒާރު އައުމާއި އެކު ކިތައް މީހުން މިސްކިތް މަތިން ހަނދާން ވި ހެއްޔެވެ. ކިތައް މީހުން ޒިކުރު ކޮށް ދުޢާ ކުރަން އަވަސް ވިހެއްޔެވެ. ނަމަވެސް ސަލާމަތް ތެރިކަން ލިބުނީމަ އަނެއްކާ އިހު އުޅުނު ގޮތަށް ރުޖޫއަ ވީއެވެ. މިހާރު ރައްބު މަތިން އަދި އެކާލނގެ އިންޒާރު ގެ މަތިން ހަނދާނެއްނެތެވެ.

"އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތި ހާލެއް ޖެހިއްޖެ ހިނދު ، ތިޔަބައިމީހުން އެހީއަށް އެދި ގޮވާ ފަރާތްތަކުގެ ތެރެއިން ، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ ، އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރައްވައި ، އެއްގަމަށް ގެންނަވައިފިހިނދު ތިޔަބައިމީހުން ފުރަގަސް ދީ ހިނގައިދެއެވެ. ނިޢުމަތް އަށް އިންކާރު ކޮށް ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ". (سورةالإسراء 67)

އެންމެހާ ޤައުމުތައް ހަލާކު ކޮށްލެވުނު ސަބަބުތައް މިދުނިޔެއިން އަދި މިޤައުމުން ފާޅުވެފައި ވާއިރު ﷲ ގެ އަޒާބަށް އަހަރުމެން އަމާންވެގެން ތިބީހެއްޔެވެ. އެންމެހައި ނުބައި ފާހިޝު އަމަލުތައް އެއްވެސް ޖެހިލުމެއްނެތި ކުރެވެމުން ދާއިރު ﷲ ގެ ކޯފާ އަށް އަމާން ވެ ހެވިފައި ތިބީހެއްޔެވެ.

" އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންނަވައިފާނެ ކަމާމެދު އަމާން ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ.އެހާރުން ބިންގަނޑު ތެޅިގަންނާނެއެވެ. ނުވަތަ އުޑުގައިވާ ކަލާނގެ ތިޔަބައިމީހުން ގެ މައްޗަށް ގަދަ ފަދަ ވަޔާއި ހިލައިގެ ވާރޭ ފޮނުއްވައި ފާނޭ ކަމާއިމެދު އަމާން ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ. އެހާރުން ތިމަންރަސްކާލާނގެ އިންޒާރަކީ ކިހާވަރެއްގެ އިންޒާރެއްކަން އެނގިގެން ދާނެއެވެ." (سورةالملك16-17)

އާއެކެވެ. އެ އުސްއިމާރަތް ތައް ބިނާ ކުރަމުން ދިޔަ އެ ބިޔަ ބޮޑެތި  ބާރުގަދަ އާދު ބާގައިގެ މީހުންނަށް ﷲ ގެ އަޒާބު އައި ހިނދު އެމީހުން ގެ ބާރުގަދަ ކަމަކުން އެމީހުންނަށް މަންފާއެއް ކުރި ހެއްޔެވެ. އެ ބޮޑެތި ފަރުބަދަ ކަޑަމުން ގެދޮރު ހަދަމުން ދިޔަ ޘަމޫދު ބާގައިގެ މީހުންނަށް ﷲ ގެ ޢަޒާބު އައި ހިނދު އެ ފަރުބަދަ ތަކުންއެމީހުންނަށް ނިވާކަން ހޯދުނު ހެއްޔެވެ. އެ ބޮޑު ވެރިކަން ލިބުނު ނަމްރޫދު ގެ ﷲ ފޮނުއްވި ކުޑަ ކުޑަ މަދިރިއެއްގެ ސަބަބުން ހަލާކު ވެދިޔަ ވަގުތު އޭނާ އަށް ލިބުނު ވެރިކަމުގެ ސަބަބުން އޭނާ އަށް މޮޅެއް ލިބުނު ހެއްޔެވެ. އެ އަނިޔާވެރި ބޮޑާ ފިރުއައުނު ކޯރެއްގެ ތެރެއަށް ޣަރަޣު ކޮށްލެވުނު ހިނދު އޭނާ ގެ އައުވާނުންނަށް ލަޝްކަރަށް އޭނާ އަށް އެހީއެއް ވެދެވުނު ހެއްޔެވެ.  އަދި ކިއެއްތަ އެ މޮޅެތި ޓެކްނޮލޮޖީ ތަކަށް ފަޚުރުވެރިވާ ޖަޕާނަށް އިހަކަށް ދުވަހު ސުނާމީ އައިހިނދު އެމީހުން ހަރިކުރި ސުނާމީ މޮނިޓަރިން ޑިވައިސް އިންނާއި އެމީހުންގެ މޮޅު ޓެކްނޮލޮޖީ ތަކުން އެމީހުންނަށް އެއްވެސް ރަނގަޅެއް ލިބުނު ހެއްޔެވެ.
ސުބުޙާނަﷲ ، ވިސްނާ ބަޔަކަށް މިކަންތައްތަކުގައި ބޮޑެތި އިބުރަތް ތަކެއް ނުވޭ ހެއްޔެވެ.

" ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عادބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟އެއީ ތަނބުތަކުގެ ވެރި، إرمއެވެ ކިއުނު ރަށުގެ أهلވެރިންނެވެ.އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ.އަދި ثمودބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. އަދި لشكرތަކުގެ ވެރި فرعونއާ މެދުގައިވެސްމެއެވެ. އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذابގެ ބާވަތްތައް އޮއްސެވިއެވެ."( سورةالفجر 6-13)

އަހަރުމެން އަދި ވެސް ﷲ ގެ ދީނަށް ރުޖޫޢަ ވެ އުޅުން އިސްލާޙު ކުރާ ވަގުތު ނުޖެހޭ ހެއްޔެވެ. ﷲ ގެ ޢަޒާބަށް ބިރުވެތިވެ ރަނގަޅު ތައުބާ އަކުން ތައުބާ ވާ ވަގުތު ނުޖެހޭ ހެއްޔެވެ. އުމުރު ގެ ބާކީ އޮތްބައިހެޔޮ އަމަލު ކޮށް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރާ ވަގުތު ނުޖެހޭ ހެއްޔެވެ. ﷲ ގެ ދީނަށް ޚިދުމަތް ކޮށް ދީ އެ ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ވަގުތު ނުޖެހޭ ހެއްޔެވެ.

"اللَّهހަނދުމަކުރުމަށާއި، حقބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށްއެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުންފަދައިން ނުވުމަށް، إيمانވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسقންނެވެ." (سورةالحديد 16)

އަޅު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ބަޔެއްގެ ނުބައި ފާފަތަކުގެ ސަބަބުން އަޅަމެންނަށް އާއްމު ވެދާ ފަދަ އަޒާބެއް ނުފޮނުއްވާނދޭވޭ. އަދި އަޅަމެންނަށް ތެދު މަގު ދައްކަވާ ހެޔޮ ވިސްނުން ދެއްވާނެދޭވެ. އާމީން. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ  

ނާސިރު ޚަލީފީ ގެ ވާހަކަ



މިއީ 2005 ގެ ކުރީ ކޮޅު ކުވައިތުގައި ހިނގި ހަޤީޤީ ހާދިޡާ އެކެވެ.
މިހާދިޡާ ބަޔާން ކޮށްދިނުމުގެ ކުރިން އެވަގުތު ކުވައިތު އޮތް ހާލަތު ތަސައްވަރު ކޮށްދިނުމަށްޓަކައި ކުޑަ ތަޢާރަފެއް ގެނެސްދޭނަމެވެ.
ދުވަސްވަރަކީ ޞަލީބީން (ކުރޫސޭޑާރސް ) އިރާޤަށް އަރާ އިރާޤު ގެ މުސްލިމުން ޤަތުލު ކުރަމުން ދިޔަ ދުވަސްވަރެވެ. އެކަމުގައި އިސްކޮށް ތިބީ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީންގެ ސުންޕާ ރޭވުމުގެ ދަށުން އެމެރިކާ އާއި އިނގިރޭސިންނެވެ.    

އެހަނގުރާމައިގައި އެތައް ހާސް މުސްލިމުންނެއް މަރުވިއިރު އެތައް ހާސް މުސްލިމުންނެއް ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވެއެވެ.  ހަމައެކަނި ސަލީބިން އިރާޤުގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުނެ ވެސް 1.5 މިލިޔަން ކުޑަކުދިން މަރުވެފައިވާ ކަމަށް އެސްޓިމޭޓް ކުރެވެެއެވެ. މިއީ މުޅި ދުނިޔެ ދަންނަ ހަޤީޤަތެކެވެ. މިނުލަފާ ސަލީބީން މިހުރިހާ ޖަރީމާތަކެއް ހިންގި ސަބަބު ތަކެއް ކަމަށް ބުނެފައިވަނީ އިރާޤުގައި ނިޔުކްލިޔާރ ހަތިޔާރު ހުރުމެވެ. ނަމަވެސް އިރާޤު ތަޅާ ސުންނާފަތި ކޮށްލުމަށްފަހު އެ ސަލީބީން ޓިވީ ތަކަށް އަރާ ބުނަމުން ދިޔައީ އިރާޤުގައި އެބާވަތުގެ އެއްވެސް ހަތިޔާރެއްނެތް ވާހަކައެވެ. މީގެންވެސް އެނގެނީ މިއީ ސަލީބީން މުސްލިމުންގެ ބާރު ދަށްކޮށްލުމަށްޓަކައި ހިންގާ ޖަރީމާތަކެއްކަމެވެ. އެނޫން އެއްވެސް ސަބަބެއް އެ ކަމުގެ އަޑީގައި ފޮރުވިފައި ނެތް ކަމެވެ.
ނަމަވެސް މިފަދަ ހުރިހާ ޖަރީމާތަކާއި އިދިކޮޅަށް ތެދުވާ ހިތްވަރުގަދަ މުސްލިމުންގެ ބަޔަކު މިދުނިޔޭގައި އަބަދުވެސް އުޅެއެވެ. އެބައިމީހުންގެ އަދަދު ކިތަންމެ މަދުކަމުގައި ވިޔަސް އަދި ހަތިޔާރު ނެތް ކަމުގައިވިޔަސް އެބައިމީހުންނަށް ލިބެމުންދަނީ އަޖައިބެއްފަދަ ކާމިޔާބީ ތަކެކެވެ. އެގޮތުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ ކޮންމެ ބައެއްވެސް އެންމެފަހުން ޖެހެނީ ނިކަމެތި ކަމާއިއެކު ބަލިވެގެންދާށެވެ. އެއީ ހަނގުރާމައަށް ބިލިޔަނުން ހޭދަކޮށް އެތައް ސިފައިންނެއް މަރުވާއިރުވެސް އެއްވެސް ކާމިޔާބީއެއް ނުލިބުމުގެ ސަބަބުންނެވެ. އެގޮތުން ރަޝިޔާ އަފްޣާނިސްތާނުގައި ކުރި ހަނގުރާމަ އާއި އެމެރިކާ އަފަޣާނިސްތާނުގައި މިހާރު ކުރަމުންދާ ހަނގުރާމަ މިސާލެއްގެ ގޮތުން ފުދެއެވެ. އެ ބޮޑެތި ފައުޖު ތަކާއި، ޓޭންކަރު ތަކާއި ރޮކެޓް މިސައިލުތައް ކުރިމަތީގައި އެ އަދަދު މަދު މުސްލިމުން ކޮޅަށް ލިބެމުންދާ ކާމިޔާބީ އަކީ އީމާން ކަމެއް ހިތުގައި ވާ މީހަކަށް ވާ އިބުރަތެކެވެ. އަދި އެކަމުން އެނގިގެންދަނީ ރަސޫލާ ސަޢްލަ ޢަލައިހި ވަސައްލަމް ގެ ހަދީޡް ފުޅުގެ ތެދުކަމެވެ. އެއީ  ގެ މަގުގައި ޙައްޤު ޖިހާދު ކުރާނޭބަޔަކު އަބަދުވެސް މިއުއްމަތުގައި ވާނޭކަމެވެ. އަދި ޙައްޤު ޖިހާދު ކުރާ ބަޔަކަށް މާތް  ވާގިވެރިވެ ނަސްރު ދެއްވާނޭ ކަމާއި މެދު ޝައްކެއް ނެތެވެ.
އެހެންކަމުން އިރާގުގެ ހަނގުރާމައިގައިވެސް މުސްލިމުންގެ ގެ ތެރޭގައި ދީނަށް ލޯބި ކުރާ މުޖާހިދުން އެބައިމީހުން ގެ އަނބިންނާއި ދަރީންނާއި މުޅި ދުނިޔެ ދޫކޮށް ޖާނާއި މާލު  އަށް ޓަކައި ހޭދަ ކޮށްލިއެވެ. އަދި އެންމެ ފަހު ނޭވާއަށް ދަންދެން ސަލީބީންނާއި ދެކޮޅަށް ތެދުވެ އިސްލާމްދީނަށް ނަސްރު ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ.
މިލިޔުމުގައި ބަޔާން ކޮށްލަން އުޅޭ ހާދިޘާ ހިނގީ ކުވައިތުގެ ސާލިމިއްޔާ އޭ ކިޔުނު ރަށުގައެވެ.
ސަލީބީން އިރާޤަށް ހަމަލާ ދިނުމަށް ޓަކައި ޖެހިގެން އޮތް ކުވައިތު ގައިވެސްެ އެތައް މިލިޓަރީ ބޭސްތަކެއް ހެދިއެވެ. އަދި އެބޭސް ތަކުގެ އިތުރުން ސަލީބީން ގެ ޓްރޭނިންގެ ކޭމްޕްތައް ފަދަ ތަންތަން ވެސް ކުވައިތުގައި އެޅިއެވެ. އަދި އެތަންތަނަށް ނަން ދީފައިވަނީ އެމެރިކާ ގެ ސްޓޭޓް ތަކުގެ ނަމުންނެވެ.
މިދުވަސްވަރު ކުވައިތު ގެ ސިފައިން ވެސް ދިޔައީ ސަލީބީން ދިފާޢު ކުރުމަށްޓަކައި މުޖާހިދުންނާއި ދެކޮޅަށް ގަދައަށް ހަނގުރާމަ ކުރަމުންނެވެ. އަދި ޔަހޫދީންގެ އަޅުވެތިވެފައިވާ އެޤައުމުގެ ވެރީންގެ އޯޑަރަށް އެނިކަމެތި ސިފައިން ތިބީ ފުރާނަ ދިނުމަށްވެސް ތައްޔާރަށެވެ.
އެގޮތުން ކުވައިތުގެ ސިފަިއންގެ މީހަކު، އޭނާ އާއި މުޖާހިދުންގެ ހަނގުރާމަވެރިއަކާއި ބައްދަލުވި ބައްދަލުވުމެއްގެ ވާހަކަ ކިޔައިދިނެވެ. އަދި އޭގެ ސަބަބުން އޭނާ ގެ ދިރިއުޅުމަށް އައި ބޮޑު އިންޤިލާބެއްގެ ވާހަކަ ކިޔައިދިނެވެ. އޭނާ އާއި ބައްދަލުވީ ސާލިމިއްޔާ ގައި ހަނގުރާމަ ކުރަމުންދިޔަ މުޖާހިދުންގެ ތެރޭގައި އެންމެ ފާހަޤަ ކޮށްލެވޭ ވަރުގަދަ ސިންގާ އެއްފަދަ ނާސިރު ޚަލީފީ އާއެވެ.
އެގޮތުން އޭނާ ކިޔައިދިނެވެ.
"ނާސިރު ޚަލީފީ އެއްފަހަރު ބިލްޑިންގް އެއްގެ ތެރޭގައި ހުރެގެން އަހަރުމެންނާއި ހަނގުރާމަ ކުރަމުން ދިޔައެވެ. އޭނާ އާއި އެކު އަދި ދެމީހުން ތިއްބެވެ. ނަމަވެސް އެދެމީހުން އަތުގައި ހަތިޔާރެއް ނެތެވެ. ނާސިރު ، ސިންގާއެއްފަދައިން ބިލްޑިންގް ގެ މައްޗަށް އަރާ ފައިބާ ހަދަމުން ދެއެވެ. އަދި ބިލްޑިންގް ގެ އެކި ކުޑަ ދޮރު ތަކުން ބަޑީ ގެ ހަމަލާ ހުއްޓުމެއް ނެތި އަހަރުމެންނާއި ދިމާލަށް އަންނަމުން ދެއެވެ. ނާސިރު އުޅޭ ގޮތުން އޭނާ އާއި އެކު ބޮޑު ލަޝްކަރެއް ވާހެންވެސް ހީވެއެވެ. ކޮންމެގޮތެއްވިޔަސް ހަނގުރާމަ ވަރަށް ގިނައިރު ތަކަކަށް ދެމިގެންދިޔައެވެ. ނަމަވެސް އަހަރުމެންނަށް ނާސިރު ކައިރިއަށް ދެވޭވަރެއް ނުވެއެވެ.

އެތައްއިރަކު ހަނގުރާމަ ކުރުމަށްފަހު އަހަރުމެން ނާސިރު ޚަލީފީ ޝަހީދުކޮށްލީމެވެ. އަދި އެއާއި އެކު އަހަރުމެންގެ މީހަކު ވެސް އެ ހާދިޡާގައި މަރުވިއެވެ. ނާސިރު އަކީ ސަރުކާރުގެ އެންމެބޮޑު އެއް ކަންބޮޑުވުން ކަމަށްވާއިރު އޭނާ މަރާލެވުނީ ތީއުފަލުން އަހަރެން އޭނާއޮތް ތަނަށް ދިޔައީމެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ނާސިރުގެ މޫނުމަތިން ނޫރެއްފަދަ އަލިކަމެއް ނުކުންނަމުން ދިޔަތަނެވެ. އަދި އޭނާގެ ޝަހާދަތް އިނގިލިން ގެ އެއްކައުވަންތަކަމަށް އިޝާރަތް ކޮށްފައިވާ ތަނެވެ. އަދި އޭނާގެ ހަށިގަނޑުން ދުވަހަކުވެސް ނުދުވާހާ މީރުވަހެއް ދުވަމުން ދިޔައެވެ. އަހަރެން މިކަމާއި ހައިރާން ވެހުރެ އަހަރުމެންގެ ތެރެއިން މަރުވި ސިފައިންގެ މީހާގެ ހަށިގަނޑު ކައިރިއަށް ދިޔައީމެވެ. ނަމަވެސް އަހަރެންގެ ހައިރާން ކަމުގެ މައްޗަށް އިތުރު ހައަރާންކަމެއް ވެރިވިއެވެ. އަހަރެންނަށް ފެނުނީ އަހަރެމެންގެ މީހާގެ މޫނު ކަޅުވެ އޭނާގެ ހަށިގަނޑު ތަންދޮރު ނޭގޭ ވަރަށް ހަލާކުވެ ނުބައި ވެފައިވާތަނެވެ. އަދި ދުވަހަކުވެސް ނުދުވާހާ ކުނި ނުބައިވަހެއް އޭނާގެ ހަށިގަނޑުން ދުވަމުން ދިޔައެވެ.
އަހަރެންނަށް މިމަންޒަރު ފެނުމާއިއެކު ޣާފިލު ކަމުގެ ނިދިން ހޭލެވިއްޖެއެވެ. ހައްޤު ގޮތުގައި ތިބި މީހުން ވަކިވެއްޖެއެވެ. އަދި އަހަރެން ނާއި އަހަރެންނާއިއެކުވާ ސިފައިންނަކީ ބާޠިލު ގޮތުގައި ތިބި ތޯޣޫތު ދިފާޢު ކުރަން ހަނގުރާމަ ކުރަމުން ދިޔަ ބައެއްކަން އެނގިކަށަވަރު ވެއްޖެއެވެ. އަދި މުޖާހިދުން އެތިބީ ޙައްޤު ގޮތުގައި މާތް  ގެ މަގުގައި ޖިހާދު ކުރަން ކަން އެނގި ސާފުވެއްޖެއެވެ.

އަދި އަހަރެން ވަގުތުން ގެއަށް ގޮސް އަހަރެންގެ މިލިޓަރީ ޔުނީފޯރމް ބާލައި ޑަސްބިނަށް އެއްލައިލީމެވެ. އަދި އަހަރެންނަށް ގިސްލަ ގިސްލާފައި ގަދައަށް ރޮވެން ފެށުނެވެ. އެއަށް ފަހު ދެން ދުވަހަކުވެސް ތޯޣޫތުންނަށް އެހިތެރި ނުވާން  ގަންދީ ހުވާކުރީމެވެ. އަދި އަހަރެން މުޖާހިދުންގެ އަތުން މަރުނުވި ކަމަށްޓަކައި މާތް އަށް ޝުކުރު ކުރީމެވެ.

މިވާހަކަ ކިޔައިދިން އަޚާއަށް މިހާދިޘާ އަށް ފަހު ބޮޑެތި ބަދަލު ތަކެއްއައެވެ. އަދި މިހާރު އެއަޚާ ދިރިއުޅެމުންދަނީ ވަރަށް ތަޤުވާވެރި ސޯލިހު ދިރިއުޅުމެކެވެ. އަދި އޭނާ ގެ ވާހަކައަކީ ކުވައިތުގައި ވަރަށް މަޝަހޫރު ވާހަކައެކެވެ. އެހާދިޘާ އަށްފަހު ނާސިރު ޚަލީފީގެ ޖަނާޒާ އަލް ޖަހްރާ ޤަބުރުސްތާނުގައި ބޭއްވުނެވެ. މި ޖަނާޒާގައި އެތައް ހާސް މީހުންނެއް ބައިވެރިވިއެވެ. ޖަނާޒާ ގެ ތެރެއިން ނާސިރު ޚަލީފީ ހިނެވިމީހާ އަކަށް ނާސިރު އަކީ ކާކު ކަމެއް ނޭގެއެވެ. ނާސިރު ހިނެވި މީހާ ނާސިރު ވަޅުލުމަށް ގެންދިޔަ މަގުމަތީގައި އެޖަނާޒާގައި ބައިވެރިވި މީހުންނާއި މުޚާތަބުކޮށް ބުންޏެވެ. "އަހަރެން 40 އަހަރު ވަންދެން މީހުން ހިނެވުމުގައި އުޅެފީމެވެ. ނަމަވެސް މިއޮތް ހަށިގަނޑުހާ މީރުވަސް ދުވާ، އަލިވެފައިވާ ރީތި ހަށިގަނޑަކާއި އަހަރެންނާއި ދުވަހަކުވެސް ދިމާ ނުވެއެވެ." ސުބުޙާނަﷲ.

މިއީ  ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަގުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ދައްކަވާ ކަރާމަތްތަކެކެވެ. މި ލިޔުމުގައި މިބަޔާން ކޮށްލި ހާދިޘާ އަށް ވުރެ ބޮޑެތި ކަރާމަތް ތައްވެސް މުޖާހިދުންނަށް ދިމާވެފައިވެއެވެ. އެގޮތުން ޝެއިޚް އަބްދު އައްޒާމް ގެ ފޮތެއް ކަމަށް ވާ "ސައިންސް އޮފް އައް ރަޙްމާން" ގައި ޝެއިޚް ވަނީ އަފްޣާނިސްތާނުގައި ރަޝިޔާ އާއި އިދިކޮޅަށް ޝެއިޚް ހަނގުރާމަ ކުރި ދުވަސްވަރު މުޖާހިދުންނަށް ދިމާވި އެތައް އެތައް އަޖައިބު ކުރުވަނިވި ކަރާމާތްތަކެއްގެ ވާހަކަ ކިޔައިދީފައެވެ. މި ފޮތް އިންޓަރނެޓުން ފްރީކޮށް ޑައުންލޯޑް ކޮށްލަން ލިބޭނެއެވެ. ވުމާއިއެކު ހައްޤު ގޮތުގައިތިބި މީހުން ދެނެގަތުމަށްޓަކައި މިފޮތް ކިޔާލުން ވަރަށް މުހިއްމެވެ. އަޅުގަނޑު މިލިޔުމުގައިވާ ހާދިޘާ ގެނެސްދިނީ ދިވެހި ސިފައިންނާއި ފުލުހުންނަށް އިބުރަތަކަށްޓަކައެވެ. އެއީ އެބައިމީހުން ނަށް ނޭގި ނަމަވެސް ދިފާޢު ކުރެވެމުންދަނީ ކޮން ބައެއްކަން ހާމަކޮށް ދިނުމަށްޓަކައެވެ. މި ދުނިޔޭގައި ކަންހިނގަމުން ދާގޮތަށް ވިސްނާލާއިރު ޔަހޫދީންގެ ބޭނުމަކީ މުޅި ދުނިޔެ އެމީހުންގެ އަތް ދަށަށް ގެންނަންކަން އެނގެއެވެ. އެކަން އެމީހުން ބޭނުންވާގޮތަށް ކުރުމުގައި އޮތް ހަމަ އެކަނި ބިރަކީ އިސްލާމްދީނެވެ. އަދި މުސްލިމުން އެއް ޚަލިފާއެއްގެ ދަށުން ތެދުވެދާނެކަމުގެ ބިރެވެ. އެހެން ކަމުން އެކިބަހަނާތައް ދައްކައިގެންނާއި ފިކުރީ ގޮތުން އިސްލާމީ ޤައުމުތަކަށް ވަދެ ހަލާކު ކޮށްލަން މަސައްކަތް ކުރުމަކީ މިއަދުގެ ޔަހޫދީން މަސައްކަތް ކުރާގޮތެވެ. އެގޮތުން ޔަހޫދީންނަށް އެޤައުމަކަށް ވަންނަން އެންމެ ފަސޭހަ ގޮތަކީ އެމީހުންނަށް އަޅުވެތިވާ ކަހަލަ މީހަކު އެޤައުމެއްގެ ރައީސް އަކަށްވާން އެހީތެރިވެދީ އޭނާ ޕަޕެޓެއްހެން ބޭނުން ކޮށްލައިގެންނެވެ. އަދި އެއަށްފަހު އެޤައުމެއްގައި އެމީހުން ބޭނުންވާ ކަންތަައްތަކެއް ހިންގާ އެމީހުންނަށް އާމްދަނީ ލިބޭ ކޮޅުކޮޅުތައް އެތަނުގައި ޤާއިމް ކުރެއެވެ.

މިރާއްޖޭގެ ހާލަތަށް ބަލާއިރުވެސް ފެންނަމުންދަނީ ޔަހޫދީންގެބާރު މިޤައުމުގެ ހުރިހާ ދިމާލަކަށް ފޯރަމުންދާ ތަނެވެ. އަދި މިޤައުމުގެ ވެރީން ޔަހޫދީންނާއި ގުޅިގެން އެކި އެކި ޕްރޮޕެގަންޑާ ތައް ހިންގަމުންދާ ތަނެވެ. އަދި އިސްލާމްދީން ނިކަމެތިކޮށްލަން މަސައްކަތް ކުރާ ތަނެވެ.
 ގެ ޝަރީއަތުގެ ބަދަލުގައި ކުފުރު ނިޒާމެއް ކަމަށްވާ ޑިމޮކްރަސީ ގެނައުމާއި، ދީނާއި ސިޔާސަތު ވަކިކޮށްލަން މަސައްކަތް ކުރުމާއި،  ބާވައިލެއްވި ހުކުމްފުޅު ތަކަށާއި ދީނީ ޝިއާރު ތަކަށް މަލާމަތްކުރުމާއި، އެގޮތަށް މަލާމަތް ކުރާ ޕިއްލޭ ފަދަ މީހުންނަށް އެފުރުސަތު ދިނުމާއި، ރަސޫލާ (ސައްލަ ޢަލައިހި ވަސައްލަމް )އަށް ނިސްބަތްވާ ގޮތަށް ސީދާކޮށާއި ނުސީދާކޮށް މަލާމަތްކޮށް ހަޖޫ ޖެހުމާއި، ދީނީ މިނިވަންކަން ދޭން މަސައްކަތް ކުރުމާއި،  އަށް ޝިރުކު ކުރެވޭ ބުދު ފަދަތަކެތި ބަހައްޓައި އެއަށް ހިމާޔަތް ދިނުމާއި، މިނިވަން ނޫސް ފަދަ ތަކެތީގައި އެއްޖިންސުން ގުޅުން ހިންގުންފަދަ ކަންކަމާއި އެއްކޮޅަށް ވާހަކަ ދެއްކުމާއި ، އެކި އެކި ނޫސް ތަކުގައާއި އިންޓަރވިޔު ތަކުގައި މި ޤައުމުގައި ޓެރަރިސްޓުން ގެ ބިރު އެބައޮތޭ ބުނަމުން ދިޔުމާއި، މީހުން ދިރި އުޅޭ ތަންތާގައި ރާ ވިއްކުމުގެ ހުއްދަ ދޭން މަސައްކަތް ކުރުމާއި، އިސްލާމް ދީނު ގެ މާއްދާ އިޚްތިޔާރީ ކުރުމާއި، ޢަރަބި ދީނީ ތައުލީމު ދިނުމުގެ މަގުތައް ހަނިހުރުމާއި، މަދަރުސާ ތަކުގައި ކިޔަވައިދޭ މުޤައްރަރު ޔަހޫދީން ބޭނުންވާ ގޮތަށް ބަދަލު ކުރުމާއި، އިޒްރޭލާއި ގުޅުންބަދަހި ކުރުމާއި، އިޒްރޭލްގެ ފްލައިޓް ޖައްސަން މަސައްކަތް ކުރުމާއި ، އިޒްރޭލް އުފެއްދުމަށް ފަންޑު ކޮށްދިން ރޮތްސްޗައިލްޑް ފަދަ ޔަހޫދީންނާއި ދިވެހިރާއްޖޭގެ ކާރބަން ނިޔުޓްރަލް ކުރުން ފަދަ ޕްރޮޖެކްޓްތައް ހަވާލު ކުރުމާއި، ދިވެހި ރާއްޖޭ ގެ އެއަރޕޯރޓް ފަދަ ތަންތަން ޔަހޫދީ ކުންފުނިތައް ކަމަށްވާ ޖީ.އެމް.އާރް ފަދަ ކުންފުނި ތަކާއި ހަވާލު ކުރުމާއި، ރައްޔިތުން އަޅުވެތި ކޮށް ނިކަމެތިކޮށްލުމަށްޓަކައި ޓެކްސްފަދަ ތަކެތި ނެގުންފަދަ ކަންތައްތަކަކީ މި ޤައުމުސގެ ވެރީން ތިބީ ޔަހޫދީންނާއި ގުޅިފައި ކަމުގެ ބޮޑެތި ހެކިތަކެވެ.

އޭގެ އިތުރުން ވެރިމީހާ އާއި އިނގިރޭސި ވިލާތުގެ ކޮންގްރެސް ޕާރޓީ އާއި އޮންނަ ގުޅުމާއި، ވިކި ލީކްސް އިން ދިވެހި ރާއްޖޭގެ އިޤްތިސާދާއި ތަޢުލީމީ ނިޒާމު ތެރެއަށް އިޒްރޭލުން ވަންނަން ހުއްދަދޭ އެއްބަސްވުން ލީކުވުމާއި، އަދި އިޒްރޭލުން ދިވެހި ސިފައިންނަށް ޓްރެއިނިންގް ދޭން މަސައްކަތް ކުރުމާއި، އަދި އެކަމަށްޓަކައި އެމީހުންގެ މިލިޓަރީ ބޭސްއެއް ފަޅުރަށެއް ގައި އެޅުމަށް ހުއްދަ ދޭން މަސައްކަތް ކުރުމާއި، އަދި ނޭޓޯގެ ސިފައިންގެ ފޯރސް ގައި ދިވެހި ސިފައިން ހިމެނުމަށް މަސައްކަތް ކުރުން މިއީ ޔަހޫދީންގެ ވާގިވެރިން ކަމުގައި މިޤައުމުގެ ވެރީން ވެއްޖެ ކަމުގެ އަލާމަތްތަކެވެ. އަދި މީގެއިތުރުންވެސް އެތައް ސިއްރު ޕްރޮޖެކްޓް ތަކަކާއި، ގޮތްނޭގޭ ބިރުވެރި އެތައް ކަމެއް ރާއްޖޭގައި ކުރިއަށްދާ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

އެހެންކަމުން މިދަނޑިވަޅުގައި ދިވެހި ސިފައިންނާއި ފުލުހުންނަށް މިރާއްޖޭ ގައާއި އެހެނިހެން އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކާއިމެދު ވިސްނައި ފިކުރު ކުރުމަށް ނަސޭހަތް ތެރިވަމެވެ. ސަލީބީންނަށް އެހީތެރިވެ ވާގިވެރިވުމުގެ ބަދަލުގައި ސަލީބީންނަށް ގެއްލުން ދީ އެނުބައި ސަލީބީންނާއި އިދިކޮޅަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި ނޭގި ނަމަވެސް ވެރީންނަށް ކިޔަމަންތެރިވުމުގައި ޝިރުކު ކުރެވޭ ހިސާބަށް ގޮސް ،ނުވަތަ  ގެ ޢަޒާބު ޙައްޤު ވެދާ ފަދަ އަމަލެއް ކުރެވިދާނެ ކަމަށް ބިރުވެތި ވުމަށް ނަސޭހަތް ތެރިވަމެވެ. އަދި ހައްޤު ގޮތް ހޯދުމަށް ދުޢާ ކޮށް  ގެ ހަޟްރަތުން ވާގި ހޯދުމަށް ނަސޭހަތް ތެރިވަމެވެ. އަދި  ގެ ދީނަށް ނަސްރު ދެވެން އޮތް ގޮތަކަށް ދީނަށް ނަސްރު ދިނުމަށް ނަސޭހަތްތެރި ވަމެވެ.

"އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ!" (سورة الأحزاب 66-68 )

އަޅު ހައްދަވާ ބޮޑު ކުރެއްވި ރަސް ކަލާކޮ! ޔަހޫދީންނާއި ޔަހޫދީންނަށް ވާގިވެރިވާ މީހުންގެ ކިބައިން މުސްލިމުން ސަލާމަތް ކޮށްދެއްވާ ރައްކާތެރި ކޮށްދެއްވާންދޭވެ! އަދި ފަލަސްތީނާއި ، އަފްޣާނިސްތާނާއި ، އިރާޤާއި އަދި އެނޫންވެސް ވެސް ތަންތަނުގައި ވާ މުސްލިމުންނަށް، ކާފަރުންގެ މައްޗަށް ނަސްރުދެއްވާނދޭވެ! 
أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ. أمين, يا ربّ العالمي

(މިލިޔުން ތިޔަ ބޭފުޅުންގެ އާއިލާގެ ތެރޭގައާއި ރައްޓެހިންގެ ތެރޭގައި އުޅޭ ސިފައިންނާއި ފުލުހުންނަށް މެއިލްގެ ޒަރިއްޔާއިންނާއި އެނޫން ވެސް ގޮތްގޮތުން ފޯރުކޮށްދެއްވުން އެދެމެވެ.)