އުޑުމަތި އަދިރި ވެ ބަނަ ވެއްޖެއެވެ. މީހުން ގެ އުޅުން އިންތިހާ އަށް ނުލަފާ ވެއްޖެއެވެ. ކަޅި ނުޖެހެނިގެން އުޅެނިކޮށް ފެންނަނީ ޤަތުލު ކޮށްލެވޭތަނެވެ. މުޅި އުމުރު އަވަދި ނެތި ކޮށްލައިގެން ހޯދާ ފައިސާ ކޮޅު ވަގަށް ގެންދެއެވެ. ގިނަ ބަޔަކު ދުނިޔެއަށް ހިތް ޖެހި ހުސްވެފައެވެ.ފައިސާ އާއި ގެދޮރަށްޓަކައި ދަހިވެތިވެ ހުރިހާ ހައްދަކުން ބޭރަށް ދިޔުމަށް ތައްޔާރެވެ. ޚިޔާލެއް ފިކުރެއް ނެތެވެ. ދީނެއް އަޚުލާގެއް ނެތެވެ. ޖާހިލިއްޔަ ކަން ފެތުރިއްޖެއެވެ. ޘަދޫމު އެކޮޅުކޮޅުން ޖަހާލެވުނު ވާހަކަ ހަނދާން ވާ ހާލު އެއް ޖިންސުން ގުޅުން ހިންގަނީއެވެ. މަދިއަން ގެ މީހުން ހަލާކުވެދިޔަ ދިޔަ ސަބަބު ކަމަށް ވާ މިނެ ކިރުމުގައި މަކަރު ހެދުމާއި މުދާ ނުހައްޤުން ފޭރުން އާއްމު ވެއްޖެއެވެ. ފިރުއައުނު ތިމަންނައަކީ ރައްބޭ ބުނި ބީދައިން ޕާރޓީ ތަކުގެ ވެރިން ޕޯޑިޔަމް ތަކުގައި މީހުންނަށް ބާތިލު މަގު ދައްކަނީއެވެ. ޑާވިން ގެ ރާމާ މަކުނަށް އަޅުކަން ކުރާ މީހުން ރާމާމަކުނު ތައް ހާ ގިނައެވެ. ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މީހުން ދުލުން ހެއްދެވި ނުހެއްދެވި ގޮވަނީއެވެ. މިޔުޒިކާއި ލަވަ ހަރާމް ކަން ބަޔާން ވެގެންވާއިރު އެ ގިރައިގެން ބުއިމުގެ މުބާރަތް ތައް ބޭއްވެނީއެވެ. ރަމަޟާން މަސް މާތް ވީމަ އޭ ކިޔާފައި ޓީވީ ތަކުން ނާޗަރަންގީ ތަކަށް ވެސް މާތް ކޮށް ހިތަނީއެވެ. ކުޑަކުދިން ގޭންގު ހަދައިގެން ކަންމަތީގައި ޖަމާވަނީއެވެ. ބާލިޣު ވެފަ ތިބި ބޮޑެތި ފިރިހެނުން ބޮޑެތި ރާފުޅި ތައް ކޮޑު ޖަހައިގެން ދުވަނީއެވެ. އަންހެނުން އޮރިޔާން ވެގެން ތިބެ މަގުމަތީގައި ދެފަރާތަށް އެއްލެމުން ހެއްލުވަމުން ނަށަނީއެވެ. ޒިނޭ އަކީ ރަޖަމު ކުރަން ޖެހޭ ފަދަ ނުބައި ކަމެއްކަން އެނގެއެވެ.ނަމަވެސް އަނބިމީހާ އޮފީހުގައި އެހެން ފިރިހެނަކާއި އެކު ދިވާނާ ވަނީއެވެ. ފިރިމީހާ އަވައްޓެރިއެއްގެ ގެއަކަށް ވަދެ ހިލޭ އަންހެނެއްގެ އުނގުތެރެއަށް ވަދެ ނިވާވެފައެވެ. ދެން ބޮޑު ވެފައި ތިމަންނައަކީ މުސްލިމެކޭ ބުނާ އިރު ލަދެއް ހަޔާތެއް ކޮބައި ހެއްޔެވެ.
އާއެކެވެ. ރައްބެއް ރަސޫލެއް ދީނެއް އުޅުމެއް
ނެތި ހިނގައްޖެއެވެ ޚިޔާލެއް ފިކުރެއް ސިކުނޑިއެއް އިންސާނިއްޔަތުކަމެއް ވެސް
ނެތީއެވެ. މީހަކު އަންތަރީސް ވެ ހައިރާނެއް ނުވާނެހެއްޔެވެ. ﷲ ގެ ޝަރީއަތެއް
ބިމުގައި ނެތްތާގައި އެއަށް ތާއީދު ކުރާން ބަހެއް ބުނާނޭ މީހަކުވެސް ނެތީއެވެ.ތިމަންމެންނަކީ
މުސްލިމުންނޭ ބުނާ ބަޔަކު ކުފުރު ޑިމޮކްރަސީ ތެރެއަށް ޣަރަޤު ވެ
މޮޔަވަނީއެވެ. ބޯ ވަރަށް ހަމަ ޖެހޭ ކަމަށް
ދައުވާ ކުރާ ބަޔަކުޖަގަހަ ތަކުގައިއެއްބަޔަކު އަނެއް ބަޔަކަށް ނެތިމޮށި ހަޑި
ހުތުރު ބަހުން ހަމަލާ ދީހަލާކު ވަނީއެވެ. ދަރިފުޅަށް ދީނެއް އަޚުލާގެއް
ދަސްކޮށްނުދެވުނަސް ރޮނާލްޑޯ އަށް ވާން ދަސްކޮށްދެވުނީމަ އެ ހުރިހާ
އުފަލެއްލިބުނީއެވެ. ޒުވާނުން ބޮލުގައި ސްޕައިކް ޖައްސާލާ ، ގިޓައެއް ކޮނޑަށް
ލައިގެން ރޯމިއޯ ހެދިފަ އުޅެވުނީމަ އެންމެ ކޫލް ވީއެވެ. ދުވާލު ކެމެރާ އަކާއި
ސާރފް ބޯޑެއް އަތަށް ލައިގެން އުޅެފަ ރޭގަނޑު ފޭސް ބުކަށް ވަދެލެވުނީމަ މުޅި
ދުވަސް ހަމަ ޖެހުނީއެވެ. ބަންގީ ގެ އަޑެއް ނީވުނަސް ބޮޑެތި އައިނު އަޅައިގެން
ފިނިބުރު ޖެހުނީމަ ނިމުނީއެވެ. މުޅި ހަފްތާ ހަރާމް ކަންތައްކުރުމުގައި
ހޭދަކޮށްލުމަށް ފަހު ހުކުރު ދުވަހު މަގުމަތީގައި މުސައްލަ އަޅާ ލެވުނީމަ ހުރިހާ
ކަމެއް ހަމަޖެހުނީއެވެ.
ސުބުޙާނަﷲ، މިބައި މީހުންނަށް ހަމަ ނުވިސްނެނީހެއްޔެވެ. ނޫނީ ވިސްނަން
ބޭނުންވެސް ނުވަނީހެއްޔެވެ.
އާއެކެވެ. ސުނާމީ ގެ އިންޒާރު އައުމާއި އެކު ކިތައް މީހުން މިސްކިތް މަތިން ހަނދާން ވި ހެއްޔެވެ. ކިތައް މީހުން ޒިކުރު ކޮށް ދުޢާ ކުރަން އަވަސް ވިހެއްޔެވެ. ނަމަވެސް ސަލާމަތް ތެރިކަން ލިބުނީމަ އަނެއްކާ އިހު އުޅުނު ގޮތަށް ރުޖޫއަ ވީއެވެ. މިހާރު ރައްބު މަތިން އަދި އެކާލނގެ އިންޒާރު ގެ މަތިން ހަނދާނެއްނެތެވެ.
އާއެކެވެ. ސުނާމީ ގެ އިންޒާރު އައުމާއި އެކު ކިތައް މީހުން މިސްކިތް މަތިން ހަނދާން ވި ހެއްޔެވެ. ކިތައް މީހުން ޒިކުރު ކޮށް ދުޢާ ކުރަން އަވަސް ވިހެއްޔެވެ. ނަމަވެސް ސަލާމަތް ތެރިކަން ލިބުނީމަ އަނެއްކާ އިހު އުޅުނު ގޮތަށް ރުޖޫއަ ވީއެވެ. މިހާރު ރައްބު މަތިން އަދި އެކާލނގެ އިންޒާރު ގެ މަތިން ހަނދާނެއްނެތެވެ.
"އަދި ކަނޑުމަތީގައި
ތިޔަބައިމީހުންނަށް ދަތި ހާލެއް ޖެހިއްޖެ ހިނދު ، ތިޔަބައިމީހުން އެހީއަށް އެދި
ގޮވާ ފަރާތްތަކުގެ ތެރެއިން ، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް
ގެއްލިދެއެވެ. ފަހެ ، އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރައްވައި ، އެއްގަމަށް
ގެންނަވައިފިހިނދު ތިޔަބައިމީހުން ފުރަގަސް ދީ ހިނގައިދެއެވެ. ނިޢުމަތް އަށް
އިންކާރު ކޮށް ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ". (سورةالإسراء 67)
އެންމެހާ ޤައުމުތައް ހަލާކު ކޮށްލެވުނު
ސަބަބުތައް މިދުނިޔެއިން އަދި މިޤައުމުން ފާޅުވެފައި ވާއިރު ﷲ ގެ އަޒާބަށް
އަހަރުމެން އަމާންވެގެން ތިބީހެއްޔެވެ. އެންމެހައި ނުބައި ފާހިޝު އަމަލުތައް
އެއްވެސް ޖެހިލުމެއްނެތި ކުރެވެމުން ދާއިރު ﷲ ގެ ކޯފާ އަށް އަމާން ވެ ހެވިފައި
ތިބީހެއްޔެވެ.
" އުޑުގައިވާ ކަލާނގެ
ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންނަވައިފާނެ ކަމާމެދު އަމާން ކަމުގައި
ތިޔަބައިމީހުން ތިބީހެއްޔެވެ.އެހާރުން ބިންގަނޑު ތެޅިގަންނާނެއެވެ. ނުވަތަ
އުޑުގައިވާ ކަލާނގެ ތިޔަބައިމީހުން ގެ މައްޗަށް ގަދަ ފަދަ ވަޔާއި ހިލައިގެ ވާރޭ
ފޮނުއްވައި ފާނޭ ކަމާއިމެދު އަމާން ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ.
އެހާރުން ތިމަންރަސްކާލާނގެ އިންޒާރަކީ ކިހާވަރެއްގެ އިންޒާރެއްކަން އެނގިގެން
ދާނެއެވެ." (سورةالملك16-17)
އާއެކެވެ. އެ އުސްއިމާރަތް ތައް ބިނާ
ކުރަމުން ދިޔަ އެ ބިޔަ ބޮޑެތި ބާރުގަދަ
އާދު ބާގައިގެ މީހުންނަށް ﷲ ގެ އަޒާބު އައި ހިނދު އެމީހުން ގެ ބާރުގަދަ ކަމަކުން
އެމީހުންނަށް މަންފާއެއް ކުރި ހެއްޔެވެ. އެ ބޮޑެތި ފަރުބަދަ ކަޑަމުން ގެދޮރު
ހަދަމުން ދިޔަ ޘަމޫދު ބާގައިގެ މީހުންނަށް ﷲ ގެ ޢަޒާބު އައި ހިނދު އެ ފަރުބަދަ
ތަކުންއެމީހުންނަށް ނިވާކަން ހޯދުނު ހެއްޔެވެ. އެ ބޮޑު ވެރިކަން ލިބުނު ނަމްރޫދު
ގެ ﷲ ފޮނުއްވި ކުޑަ ކުޑަ މަދިރިއެއްގެ ސަބަބުން ހަލާކު ވެދިޔަ ވަގުތު އޭނާ އަށް
ލިބުނު ވެރިކަމުގެ ސަބަބުން އޭނާ އަށް މޮޅެއް ލިބުނު ހެއްޔެވެ. އެ އަނިޔާވެރި ބޮޑާ
ފިރުއައުނު ކޯރެއްގެ ތެރެއަށް ޣަރަޣު ކޮށްލެވުނު ހިނދު އޭނާ ގެ އައުވާނުންނަށް
ލަޝްކަރަށް އޭނާ އަށް އެހީއެއް ވެދެވުނު ހެއްޔެވެ. އަދި ކިއެއްތަ އެ މޮޅެތި ޓެކްނޮލޮޖީ ތަކަށް
ފަޚުރުވެރިވާ ޖަޕާނަށް އިހަކަށް ދުވަހު ސުނާމީ އައިހިނދު އެމީހުން ހަރިކުރި ސުނާމީ
މޮނިޓަރިން ޑިވައިސް އިންނާއި އެމީހުންގެ މޮޅު ޓެކްނޮލޮޖީ ތަކުން އެމީހުންނަށް
އެއްވެސް ރަނގަޅެއް ލިބުނު ހެއްޔެވެ.
ސުބުޙާނަﷲ ، ވިސްނާ ބަޔަކަށް މިކަންތައްތަކުގައި ބޮޑެތި އިބުރަތް
ތަކެއް ނުވޭ ހެއްޔެވެ.
" ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عادބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް
އެނގިވަޑައިނުގަންނަވާތޯއެވެ؟އެއީ ތަނބުތަކުގެ ވެރި، إرمއެވެ ކިއުނު ރަށުގެ أهلވެރިންނެވެ.އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް
ހެދިފައި ނުވާފަދަ ބިނާތަކެކެވެ.އަދި ثمودބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި
ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. އަދި لشكرތަކުގެ ވެރި فرعونއާ މެދުގައިވެސްމެއެވެ. އެއުރެންނީ،
ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. ފަހެ، އެއުރެން
އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. ފަހެ،
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذابގެ ބާވަތްތައް އޮއްސެވިއެވެ."( سورةالفجر 6-13)
އަހަރުމެން އަދި ވެސް ﷲ ގެ ދީނަށް ރުޖޫޢަ ވެ
އުޅުން އިސްލާޙު ކުރާ ވަގުތު ނުޖެހޭ ހެއްޔެވެ. ﷲ ގެ ޢަޒާބަށް ބިރުވެތިވެ ރަނގަޅު
ތައުބާ އަކުން ތައުބާ ވާ ވަގުތު ނުޖެހޭ ހެއްޔެވެ. އުމުރު ގެ ބާކީ އޮތްބައިހެޔޮ
އަމަލު ކޮށް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރާ ވަގުތު ނުޖެހޭ
ހެއްޔެވެ. ﷲ ގެ ދީނަށް ޚިދުމަތް ކޮށް ދީ އެ ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ
ވަގުތު ނުޖެހޭ ހެއްޔެވެ.
"اللَّهހަނދުމަކުރުމަށާއި، حقބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށްއެއުރެންގެ ހިތްތައް
މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުންފަދައިން ނުވުމަށް، إيمانވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ފަހެ،
އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ
ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسقންނެވެ." (سورةالحديد 16)
އަޅު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ބަޔެއްގެ ނުބައި ފާފަތަކުގެ
ސަބަބުން އަޅަމެންނަށް އާއްމު ވެދާ ފަދަ އަޒާބެއް ނުފޮނުއްވާނދޭވޭ. އަދި
އަޅަމެންނަށް ތެދު މަގު ދައްކަވާ ހެޔޮ ވިސްނުން ދެއްވާނެދޭވެ. އާމީން. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ