ހަތް މުށުން ފެހި ކޮޅުދާލި ހެދުންކޮޅު



ގަންނަނީ ހަތް މުށް ފޮއްޗެވެ. ނަމަވެސް ލެވެނީ ކޮޅުދާލި ފޮތިން ހެދުން ފެހި ފަދައިންނެވެ. ޕެޗް އިރަ އިރައިގެން ނުދިޔަ ނަމަ ދެން ލާނީ ތަތް ލަވާފައިވާ "ބޮޑީ ޕެއިންޓެކެވެ".
މަގުމަގުން ހޯގޮވާލައި ކަންކަންމަތީން ސަލާމް ބުނެލުމުން ، ނުރުހުމުގައި "ހޫން" ހޫން" ޖަހާލިޔަސް ހިތް ހުންނަނީ އުފަލުން "އެކްސައިޓެޑް" ވެފައެވެ.
ކޯތާފަތުގައި ކޭއްތުނު ޗޯކު ތަކާއި، ޖަމަލެއްހެން ނަގާފައިވާ ހުޅިގަނޑަށް "ކޮމްޕިލިމެންޓެއް" ލިބުމުން އޯސަމް ޑޭއަކަށް ވީއެވެ.
ނަރަކައިގެ އަޒާބުގެ ވާހަކަތައް ދައްކާ އުޅެމުއެވެ.  ނަމަވެސް އަމިއްލަ ނަފްސު އެބިރުވެރި ތަނުގެ އަހުލުވެރިއަކަށްވާއިރުމެ ނޭނގުނުއެވެ.
ހެދުން ލިއަސް ނުލާ ހުރި ފަދައިން އުޅޭނޭ އަންހެނުންތަކެއް އަންނާނެއެވެ. މިކަނބުލޭގެއިންނަށް ޢާޚިރަތުގައި ހުރި ބިރުވެރިކަމުގެ ވާހަކައީ އެންމެންވެސް ދަންނަވާހަކައެކެވެ.
އެހެން ކަމުން ތިޔަލާ ނިވާކުޑަ ފޮތިކޮޅަކީ ހަމަ އެ ބިރުވެރި ނަރަކައިގެ "މިލި ސެކެންޑެއް" ވެސް ހޭދަ ކުރުމަށް "ވާރތްއިޓް"ކަމެއް ބާއެވެ؟
ޖިންނި ޝައިތޯނެކޭ ބުނެ އިޝާރާތްކުރަނީ ބޮލުންފެށިގެން ފައިތިލައަށް ނިވާވި ކަމަނާއާއަށެވެ. ނަމަވެސް، "ބިޓަރ ޓްރުތަކީ" ހޫނުގެ އަވިން ދިޔާވަމުން ތިޔަދާ ފައުންޑޭޝަނާއި ލިޕްސްޓިކްތަކުން އެކަނިމެ ކަނބުލޭގެ އެފަދަ ހުތުރު މާރިއަ'''ކާ ވައްތަރުވުން މާގާތެވެ.
ކަޅުދޫ ހެދުން ލުމުން ކުއްލިއަކަށް ހާދަ ފަލައޭ އެކަމަނާއަށް ބުނެ އުޅެއެވެ. ނަމަވެސް ތަތްލަވާފައިވާ ހެދުމުން "ކެޓަރޕިލަރ އިފެކްޓް" ކަނބުލޭގެ ބަތަން މަތިން ފާޅުވެ ފާޅުވެ ހުރެއެވެ.
"އޮޕްރެސްޑް"ވީ ނޫނީ "ފްރީޑަމް" ދިޔައީ ސުންނަތައް އުޅޭ ކަމަނާ އޭ ބުނެ އަޑު އަރުވައެވެ. ނަމަވެސް ފިރިހެނުންގެ ލޯތަކަށް "ފްރީ ޗީޕް ކޮމޮޑޮޓީ" އަކަށްވެ "އޮޕްރެސްޑް" ކަނބުލޭގެ އަމިއްލައަށްވާއިރުމެ "ކޮންޝަސްއެއް" ނޭތީ ތޯއެވެ؟
ދީނާއި މިއްލަތް އޮޅި، ވިމަން ރައިޓްސްއަށް ގޮވާލާ ޔަހޫދީންގެ ޑިމޮކްރަސީއަށް ސަޖިދަ ޖަހާ ކަނބުލޭގެއާއެވެ. ކުޑައިރު ޕޯޑިއަމް މައްޗަށް އަރާ ޤުރުއާން ތިލާވަތް ކުރިނަމަވެސް މިއަދު އަލިފުގައި ނުކުތާ އެއްނެތް ކަމެއް ވެސް ނޭނގުނުތާއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އެކަމަނާ ނިވާވެ ރައްކާތެރިވަނީ އުއްމުލް މުއުމިނީން ފަދައިންނެވެ. ނަމަވެސް ކަނބުލޭގެ "ޑްރެސްއަޕް" ވަނީ އެމެރިކާގެ ވެސް "އެމެރިކަން ސްލަޓްސް" ފަދައިންނެވެ.
އެމީހަކު ލޯބިކުރި މީހަކާއި ދީނަކާއި އެކު އެމީހަކު ޔައުމުލް ޤިޔާމަތުގައި އެއްކުރެވޭނެއެވެ. އެދުވަހުން  އޮބާމާއަތުން ތިޔަ ނެގި ޕީއެޗްޑީއަކުން ފައިދާއެއް ނުކުރާނެއެވެ.
ދަންނާށެވެ! މިއަދު ހިތުން "ޗިއަރ ލީޑަރ"އަކަށް ވެގެން ޕާރޓީއަށް "ޗިއަރ" ކުރަން ދެކޮޅަށް ހޫރެވިދާނެ އެވެ. ނަމަވެސް މަރުވުމުން ކަށްވަޅުގައި ފިއްތާލެވި އަޒާބުލިބޭ ހިނދު ތިޔަ ކުފުރު ޕާރޓީއަކަށް ކަނބުލޭގެއަކަށް "އޮލްޓަރނޭޓިވް" ގޮތެއް ހޯދައެއް ނުދެވޭނެއެވެ.
ވީމާ، ހަތް މުށް ފޮތީން މުޅިމީހާ ނިވާވެ އިސްލާމްދީނަށް ރަނގަޅަށް އުޅޭނީތޯ ނުވަތަ ކޮޅުދާލި ފޮތިން ހެދުން ފަހާގެން ނަޢަމް ސޫތްޕެއް ހެން އުޅޭނީ ތޯ؟
"ޗޮއިސް" ކަބުލޭގެއަށެވެ.  ފުރާނަ ނޭވާހޮޅިއަށް އެޅުމަށް ފަހު ދެން އޮތީ "ނޯ ޗޮއިސް" އެވެ.